Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެމްބަރު މުހައްމަދު ސައީދު

ދައުލަތުގެ އެއްވެސް އެކްޓިވިސްޓަކު ގައުމުދޫކޮށް ފިލައިގެން ދިޔުމަށް ފުރުސަތު ދީގެން ނުވާނެ: ސައީދު

ކުރިއަށް އޮތް ހަތަރުމަސް ތެރޭގައި ދައުލަތުގެ އިސްމަގާމުތަކުގައި ތިބި އެކްޓިވިސްޓުންތައް ގައުމު ދޫކޮށް ދާނެ ކަމަށާއި އޭގެއިން އެއްވެސް އެކްޓިވިސްޓަކު ގައުމު ދޫކޮށް ފިލައިގެން ދިޔުމަށް ފުރުސަތު ނުދިނުމަށް މޯލްޑިވްސް އިމިގްރޭޝަނަށް ޕީއެންސީގެ ނައިބުރައީސް އަދި މާވަށު ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު މުޙައްމަދު ސައީދު ގޮވާލައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ މިއަދު ވެރިކަމުގެ ސިފަ ގެއްލި ދައުލަތުގެ އެކިއެކި ކަންކަމާއި ހަވާލުވެގެން ތިބި އިސްފަރާތްތައް ރައީސް އިބްރާހިމް ދޫކޮށް، ގައުމު ދޫކޮށް ފިލައިގެންދާ ކަމަށެވެ. އެހެންކަމުން "އިމިގއރޭޝަން އަށް އަޅުގަނޑު ގޮވާލަން ސަރުކާރުގެ އިސްމަގާމުތަކުގައި ތިބި އެއްވެސް އެކްޓިވިސްޓަކު ގައުމު ދޫކޮށް ފިލައިގެން ދިޔުމަށް ފުރުސަތު ނުދޭށޭ" ސައީދު ވިދާޅުވިއެވެ.

"ހަތަރުމަސް ތެރޭގައި މި މީހުން ފިލަިގެން ދާނެ"
ސައީދު

ސައީދު ވިދާޅުވީ ދައުލަތް ބަނގުރޫޓު ކޮށް، ދައުލަތް ދަރުވާލާ، ދައުލަތުގެ ބާރު ކަނޑުވާލުމަށްފަހު ރައީސް ސޯލިހްގެ ވެރިކަމުގެ ސިފަވެސް ދުސްތޫރީ ހަމަތަކުގެ ތެރެއިން ވެސް އެމަނިކުފާނުގެ ސިފަ ގެއްލިފަިއވާ މިދަނޑިވަޅުގައި އިމިގްރޭޝަންއާއި ތަންފީޒީ އިދާރާތަކާއި، ރާއްޖޭގެ ދިފާއި ބާރަށް މީގެއިން އެއްވެސް ފަރާތެއް ގައުމު ދޫކޮށް ދިޔަ ދީގެން ނުވާނެ ކަމަށް ގޮވާލާ ކަމަށެވެ.

"އަޅުގަނޑުމެންގެ ސަރުކާރު ރައީސް ޔާމީންގެ ފަހަތްޕުޅުގައި އައިސް މިކަންކަން ތަހުގީގު ކުރާނަން." ސައީދު ވިދާޅުވިއެވެ.

މީގެ އިތުރުން ސައީދު ވިދާޅުވީ އެމްއެމްޕީއާރްސީ މައްސަލައިގައި ކުރީގެ ޔާމީން އަބްދުލް ގައްޔޫމް ޖަލަށް ލުމަށްފަހު އެމައްސަލައިގެ މުގުލުގައި ހުންނެވި ކުރީގެ ނައިބް ރައީސް އަހްމަދު އަދީބު، ރައީސް އިބްރާހިމް އާއެކު ޑީލްހައްދަވައިގެން ޖަލުގައި ތަންފީޒު ކުރައްވަން ޖެހޭ ހުރިހާ ދުވަސްތަކެއް ކޮޓަރީގައި އޮންނަވައިގެން ތަންފީޒު ކުރައްވަމުން ގެންދަވާ ކަމަށެވެ.

އަދި ޕްރޮސެކުޓާ ޖެނަރަލްގެ އެމްއެމްޕީއާރްސީ އާ ގުޅޭ މައްސަލަ ނެންގެވި ހުރިހާ ވަކީލުން އެމައްސަލަ ކުރިއަށްދާ ގޮތާމެދު ހިތްހަމަ ނުޖެހިގެން އެ މައްސަލައިން ތަނާޒުލްވެފައިވާ ކަމަށެވެ.

"އެމްއެމްޕީއާސީގެ މުގުލުގައި ހުންނެވި ފަރާތް އަހްމަދު އަދީބު، ރައީސް ސޯލިހާއެކު އަމިއްލަ ޑީލްއެއް ހައްދަވައިގެން އެމަނިކުފާނުގެ ތަންފީޒުވާ ހުރިހާ ދުވަސްތަކެއް ކޮޓްރީގަ އެއޮންނަވަނީ، އަނިޔާ ދެނީ ހަމަ އެކަނި ރައީސް ޔާމީން އަށް. އަނިޔާދެމުން ގެންދަވަނީ އަޅުގަނޑޫމެންގެ ރިޔާސީ ކެންޑިޑޭޓަށް. ރައީސް ޔާމީން އަށް." ސައީދު ވިދާޅުވިއެވެ.

މި ލިއުމާއި ގުޅޭ