Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދުނިޔެ

ރަޝިޔާގެ އިތުރު އެސެޓްތައް ފްރީޒް ކުރަން ސްވިޒަލޭންޑުން ދެކޮޅު: އޮފިޝަލުން

ރަޝިޔާގެ އިތުރު އެސެޓްތައް ފްރީޒް ކުރަން ސްވިޒަލޭންޑުން ދެކޮޅު ހަދާކަމަށް އެޤައުމުގެ އިސް އޮފިޝަލަކު ވިދާޅުވެއްޖެއެވެ.
ޖަރުމަނު ވިލާތުގެ ޤައުމީ ނިއުސް އެޖެންސީއަކަށް މިދިޔަ އަންގާރަ ދުވަހު ދިން އިންޓަވިއުއެއްގައި ސްވިޒަލޭންޑްގެ ސްޓޭޓް ސެކްރެޓޭރިއަޓް ފޯ އިކޮނޮމިކް އެފެއާޒް (ސެކޯ)ގެ ޑިރެކްޓަރު ހެލީން ބަޑްލިގާ އާޓިޑާ ވިދާޅުވީ ސްވިޒަލޭންޑް ސަރުކާރުން ރަޝިޔާގެ އިތުރު އެސެޓްތައް މިހާރުވެސް ފްރީޒްކޮށްފައިވާއިރު، އެ ފައިސާ ފިޔަވައި އިތުރު އެސެޓެއް ފްރީޒް ކުރަން ބޭނުން ނުވާ ކަމަށެވެ.
އެކަމަނާ މިހެން ވިދާޅުވީ ރަޝިޔާގެ އެސެޓްތަކުގައި އިތުރު 50 އާއި 100 ބިލިއަން ސްވިސް ފްރާންކް ބްލޮކްކޮށް ޔޫކްރޭން އަލުން އާރާސްތު ކުރުމަށް އެހީތެރިވުމަށް ބޭނުން ކުރެވިދާނެ ކަމަށް ބުނެ މިދިޔަ މަހު، ސްޓޭޓް ސެކްރެޓޭރިއަޓް ފޯ އިކޮނޮމިކް އެފެއާޒް (ސެކޯ) އަށް ފާޑުވިދާޅުވި ސްވިޒަލެންޑްގައި ހުންނަ އެމެރިކާގެ ސަފީރު ސްކޮޓް މިލާ ކުރިން ވިދާޅުވި ވާހަކަތަކާ ގުޅިގެންނެވެ.
ސްވިސް މެނޭޖްމަންޓްގެ ދަށުން ރަޝިޔާގެ ފައިސާ ފުރަތަމަ ފަހަރު ފްރީޒްކުރީ 50 އާއި 100 ބިލިއަން ފްރާންކްގެ އަދަދު ކަމަށް ބެލެވޭ އަންދާޒާއެއްގެ ގޮތުގައެވެ. ނަމަވެސް އެއީ ސްވިޒަލޭންޑުން ކަނޑައެޅި އަންދާޒާއެއް ނޫނެވެ. އަދި އެފިޔަވަޅަކީ ރަޝިޔާގެ ހުރިހާ ރައްޔިތުންނަށް ދަތިކުރުމުގެ ގޮތުން އެޅި ފިޔަވަޅެއްވެސް ނޫނެވެ. އެއީ ހަމައެކަނި ކުޑަ މައިނޯރިޓީއެއް ކަމުގައި ބަޑްލިގާ އާޓިޑާ އެންޒީޒެޑަށް ވިދާޅުވި އެވެ.
ޔޫކްރޭންގައި ހިންގި އަސްކަރީ އޮޕަރޭޝަނާ ގުޅިގެން އީޔޫއިން މޮސްކޯއަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށްފަހު ބާންއިން ވަނީ ރަޝިޔާގެ 7.5 ބިލިއަން ސްވިސް ފްރާންކް (8.3 ބިލިއަން ޑޮލަރު)ގެ މުދާ ފްރީޒްކޮށްފައެވެ. ސެކޯގެ ވެރިޔާ ވިދާޅުވި ގޮތުގައި ބްލޮކް ކުރި ފަންޑުތަކަކީ މުޅި ޔޫރަޕިއަން ޔޫނިއަންގައި ފްރީޒްކުރި 21.5 ބިލިއަން ޔޫރޯ (23.4 ބިލިއަން ޑޮލަރު) ގެ ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައިއާ އެއްވަރު އަދަދެކެވެ. އޭގެ އިތުރަށް އެސެޓް ފްރީޒް ކުރާނަމަ އެ ފަންޑުތަކަކީ ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ފަރާތްތަކާ ނުވަތަ ފަރުދުންނާ ގުޅުން ހުރި ފައިސާތަކެއް ކަމުގެ ހެކި ބޭނުންވާނެއެވެ.

"އަޅުގަނޑުމެން އެމެރިކާއާއި ހުރިހާ ޕާޓްނަރ ގައުމުތަކަށް ބުނަމުން މިގެންދަނީ، ތިޔަބޭފުޅުންގެ އަތުގައި އެއްވެސް ހެއްކެއް އޮތްނަމަ އަޅުގަނޑުމެންނަށް ދެއްވާށޭ. މިކަންކަން އަޅުގަނޑުމެން ފޮލޯއަޕް ކުރާނަން. މިއަދާ ހަމައަށް ވެސް އެމެރިކާ މީހުންގެ ފަރާތުން އެއްވެސް އެއްޗެއް އަޅުގަނޑުމެންނަކަށް ނުލިބޭ،” އެކަމަނާ ވިދާޅުވި އެވެ.

ޔޫކްރޭން އަލުން ބިނާކުރުމަށް ފައިނޭންސް ކުރުމަށް ފްރީޒްކޮށްފައިވާ އެސެޓްތައް އަތުލެވޭނެތޯ ސުވާލު ކުރުމުން އޮފިޝަލް ވަނީ މީގެ ކުރިން ސްވިޒަލޭންޑްގެ ކަމާބެހޭ ފަރާތްތަކުން ދެއްކި ވާހަކަތައް ތަކުރާރުކޮށްފަ އެވެ.

ބައެއްގެ އަމިއްލަ މުދާ އަތުލުމަކީ ސްވިޒަލޭންޑުގައި ހުއްދަ ކަމެއް ނޫން، އެއީ ގާނޫނީ އަސްލަކަށް ވާނަމަ އަދި ސާބިތު ޖިނާއީ ކުށެއް ނެތް މުދަލެއް ނަމަ. އެ އަތުލައިގަތުމަކީ ފެޑެރަލް ގާނޫނު އަސާސީއާއި އަމަލުކުރާ ގާނޫނީ ނިޒާމާ ހިލާފު ކަމެއް ކަމަށާއި ސްވިޒަލޭންޑްގެ ބައިނަލްއަގްވާމީ ވާޖިބުތަކާ ހިލާފު ކަމެއް ކަމަށް އެކަމަނާ ވިދާޅުވި އެވެ.

އަޅުގަނޑުމެން އެއްވެސް ބޭންކަކަށް ނުވަތަ ކުންފުންޏަކަށް ނުފޫޒު ފޯރެއް ނުކުރަން ކަސްޓަމަރުންނާ ގުޅުން ބަހައްޓަން ޖެހޭނީ ކޮންބަޔަކާ ކަމެއް،" އެކަމަނާ އިތުރަށް ވިދާޅުވި އެވެ.

ޔޫކްރޭން އަލުން ބިނާކުރުމަށް އެހީތެރިވުމަށް ރަޝިޔާގެ ފްރީޒްކޮށްފައިވާ އެސެޓްތައް އަތުލުމުގެ ވިސްނުމާ މެދު ހުޅަނގުގެ ގައުމުތަކުން މަޝްވަރާކުރާތާ ދުވަސްކޮޅެއް ވެފައިވާއިރު، ދުނިޔޭގެ ގާނޫނީ ނިޒާމުގައި ނުރައްކާތެރި ނަމޫނާއެއް އުފެދިދާނެ ކަމަށް ގިނަ ބަޔަކު ކަންބޮޑުވަމުން ދާތީ މިހާތަނަށް ހަގީގީ ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ. ރަޝިޔާއިން ވަނީ އެފަދަ ފިޔަވަޅުތައް އެޅުމާ ދެކޮޅަށް ތަކުރާރުކޮށް އިންޒާރުދީ، އެއީ ކަނޑައެޅިގެން ކުރާ ވައްކަންތައް ކަމަށް ބުނެފައެވެ.
މި ލިއުމާއި ގުޅޭ