Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޖޫރިމަނާ

އަހަރުގެ މިހާތަނަށް ޖޫރިމަނާ ކޮށްގެން 35 މިލިއަންއަށްވުރެ ގިނަ ރުފިޔާ ދައުލަތަށް ހޯދައިފި

މި އަހަރުގެ މިހާތަނަށް ޖޫރިމަނާގެ ގޮތުގައި ސަރުކާރުން 35 މިލިއަންއަށްވުރެ ގިނަ ރުފިޔާ އާމްދަނީގެގޮތުގައި ހޯދައިފިއެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުން މި މަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް، ޖޫރިމަނާގެ ގޮތުގައި ދައުލަތަށް 35.5 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

އަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި ޖުރިމަނާ ކޮށްގެން 35 މިލިއަންއަށް ވުރެ ގިނަ ރުފިޔާ އާމްދަނީގެ ގޮތުގައި ސަރުކާރުން ހޯދާފައިވާއިރު މުޅި މިއަހަރު ޖޫރިމަނާގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައިވަނީ 82.7 މިލިއަން ރުފިޔާއެވެ.

މިދިޔަ އަހަރު ސަރުކާރުން ޖޫރިމަނާކޮށްގެން ހޯދާނެކަމަށް އަންދާޒާ ކުރީ 62.4 މިލިއަން ރުފިޔާއެވެ. ނަމަވެސް އަހަރު ނިމުނު އިރު އާމްދަނީގެ ގޮތުގައި މުޅި ޖުމުލަ 252.1 މިލިއަން ރުފިޔާ ދައުލަތުން ހޯދާފައިވެއެވެ.

ޖޫރިމަނާގެ ގޮތުގައި މިހާ ބޮޑު އަދަދެއް މިދިޔަ އަހަރުވެސް ސަރުކާރަށް ލިބިފައިވާއިރު ޖޫރިމަނާކޮށްގެ ދައުލަތަށް އާމްދަނީ ހޯދުން ހުއްޓާލައްވާނެ ކަމަށް 2018 ވަނަ އަހަރުގެ ރިޔާސީ ކެޕްމެއިން ތެރޭ ރައީސް އިބްރާހީމް ވިދާޅުވިއެވެ. އެހެން ނަމަވެސް ކޮންމެ އަހަރަކުވެސް ޖޫރިމަނާކޮށްގެން ބޮޑެތި އަދަދުތަކުން ސަރުކާރުން ފައިސާ ހޯދައެވެ.

މި ލިއުމާއި ގުޅޭ