Wednesday 27th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ވެމްކޯ

ވެމްކޯގެ ބައެއް ހިދުމަތްތަކުގެ އަގު ބޮޑުކޮށްފި، ބުނީ ފައިދާ ހޯދަން ނޫންކަމަށް

ވެމްކޯއިން ދޭ ބައެއް ހިދުމަތްތަކުގެ އަގު ބޮޑުކޮށްފި އެވެ. ނަމަވެސް އެއީ ކުންފުންޏަށް ފައިދާ ހޯދުމުގެ ގޮތުން ގެނައި ބަދަލެއް ނޫންކަމަށް އެ ކުންފުނިން ބުނެ އެވެ.

ވެމްކޯއިން ދެމުންދާ ހިދުމަތްތަކުގެ އަގު ވަރަށް ބޮޑުވެފައިވާ ކަމަށް ބައެއް މެންބަރުންނަށް ޝަކުވާ ލިބި، އެ އަގުތަކަށް ގެނައި ބަދަލުތަކާ ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށް އެ ކުންފުނީގެ އިސްވެރިން މިއަދު ވަނީ މަޖިލީހުގެ ސްޓޭޓް އޯންޓް އެންޓަޕްރައިސަސް ކޮމިޓީއަށް ހާޒިރުކޮށްފަ އެވެ.
ކޮމިޓީގައި ވާހަކަދައްކަވަމުން ވެމްކޯގެ މެނޭޖިން ޑިރެކްޓަރު ޔޫސުފް ސިރާޖް ވިދާޅުވީ ބައެއް ހިދުމަތްތަކުގެ އަގަށް ބަދަލު ގެނައީ ކުންފުންޏަށްވާ ގެއްލުން ފޫބެއްދުމަށް ކަމަށެވެ.

އަގަށް ބަދަލު ގެނައި ހިދުމަތްތައް:

  • ޓްރާންސާ ސްޓޭޝަނަށް އާންމު ފަރާތްތަކުން ގެންދާ ކުނި ޕިކަޕުތަކަށް ނަގާ އަގު ކިލޯއަކަށް 1.6 ރުފިޔާއަށް ބޮޑުކުރުން (މީގެ ކުރިން ނަގަނީ 21 ލާރި)
  • ތިލަފުށި ފެސިލިޓީއަށް ގެންދާ ކުނި ކިލޯއަކަށް 2.56 ރުފިޔާއަށް ބޮޑުކުރުން (މީގެ ކުރިން ނަގަނީ 42 ލާރި)
  • ސަރުކާރުގެ އެސްއޯއީތަކާއި ސަރުކާރުގެ އޮފީސްތަކަށް ކުނި ކިލޯއަކަށް 2.65 ރުފިޔާ
އޭގެ އިތުރުން ސެގްރިގޭޝަން ގަވާއިދާ ހިލާފަށް ސެގްރިގޭޓް ނުކޮށް ނުވަތަ ކުނި ވަކި ނުކޮށް ވެމްކޯގެ ޓްރާންސްފާ ފަސިލިޓީއަށް ގެންދާކަމަށް ވާނަމަ އެއަށް އިތުރު 1000 ރުފިޔާވެ ޗާޖެއް ނަގާނެ ކަމަށް ޔޫސުފް ވިދާޅުވި އެވެ. ޕްރައިވެޓް އަދި ކޮމާޝަލް ކަލެކްޓާސްގެ ގޮތުގައި މަސައްކަތްކުރާ ފަރާތްތަކުގެ އަތުން ކުނި ޓަނަކަށް 2660 ރުފިޔާ ނަގާނެ ކަމަށްވެސް ވިދާޅުވި އެވެ.

ޔޫސުފް ވިދާޅުވި ގޮތުގައި މިހާތަނަށް ވެމްކޯއިން ހިދުމަތް ދެމުން އައީ ހަރަދު ބަލައި އެކަމަށް އަގު ކަނޑައަޅައިގެނެއް ނޫނެވެ. އެހެންވެ، އެންވަޔަރަމަންޓް މިނިސްޓްރީއާއި އޭޑީބީގެ ވޭސްޓް މެނޭޖްމަންޓު ކޮންސަލްޓަންޓުގެ އެހީތެރިކަމާ އެއްކޮށް ކުނި މެނޭޖްކުރުމުގެ ހަރަދު ދެނެގަނެ، އެކަމަށް ރިއާޔަތްކޮށް އާ ފީ ސްޓްރަކްޗާއެއް އެކުލަވާލީ ކަމަށް އޭނާ ވިދާޅުވި އެވެ.

"ފާހަގަކޮށްލަން ބޭނުންވޭ އަޅުގަނޑުމެން މަޝްވަރާ ކުރިއިރުގަ ވެސް އަދި ހަރަދުތައް ބެލި އިރުގައިވެސް މީ ކުންފުނިން ފައިދާ ހޯދުމުގެ ނިޔަތުގައި ކުރެވިފައި އޮތް މަސައްކަތެއް ނޫން، މީ ކުންފުންޏަށްވާ ގެއްލުން ފޫބެއްދުމަށް އަސާސީ ހިދުމަތެއް ދިނުމުގެ ކުރުމުގެ ގޮތުން ކުރެވިފައި ހުރި މަސައްކަތެއް،" ޔޫސުފް ވިދާޅުވި އެވެ.
ދިރާސާއިން ދެނެގަނެވުނު ގޮތުގައި މިހާރު ވެމްކޯއިން ގޭބީސީން ކުނި ނަގަން 553 ރުފިޔާ ހަރަދުވެ އެވެ. ވިޔަފާރިތަކުން ނަގާ ކުންޏަށް ކިލޯއަކަށް 1.86 ރުފިޔާ އަދި ކޯލް އޮން ޕިކަޕް ސާވިސްއަށް މިހާރު ޖެހޭ ހަރަދަކީ 3.88 ރުފިޔާ އެވެ. އަދި ޓްރާންސްފާ ސްޓޭޝަންގެ ކިލޯއަކަށް 72 ލާރި، މާލެއިން ތިލަފުއްޓަށް ކިލޯއަކަށް 1.80 ރުފިޔާ ޖެހޭކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް ގޭބީސީތަކުން ނަގާ ފީ ބޮޑުކުރުމަކީ އާންމު ދިރިއުޅުމުގެ ހަރަދުތަކަށް އެކަމުގެ އަސަރު ކުރާނެ ކަމަކަށް ވާތީ ގޭބީސީން ކުނި ނަގާ ރޭޓަށް ބަދަލު ނުގެނެސް 150 ރުފިޔާގައި ހިފަހައްޓާފައިވާ ކަމަށް ޔޫސުފް ވިދާޅުވި އެވެ. އަދި ވިޔަފާރި އުސޫލުން ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކާއި ކޯލް އޮން ޕިކަޕް ސާވިސްގެ އަގުތަކަށްވެސް ބަދަލު ގެނެސްފައި ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މި ލިއުމާއި ގުޅޭ