Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެމްޑީޕީ

އެމްޑީޕީ ޕްރައިމަރީ ބާތިލްކުރަން ހުށަހެޅި މައްސަލަ ނުބެލޭނެ ކަމަށް ނިންމައިފި

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ އިންތިހާބު ސައްހަ ނޫން ކަމަށް ކަނޑައަޅައިދިނުމަށް ހުށަހަޅާފައިވާ މައްސަލަ ނުބެލޭނެކަމަށް ސިވިލް ކޯޓުން ނިންމައިފިއެވެ.

އެމްޑީޕީގެ ރަސްމީ ޓްވީޓަރު އެކައުންޓުން ކުރި ޓްވީޓެއްގައި މިއަދު ބުނެފައިވަނީ ރިޔާސީ ޕްރައިމަރީ ބާތިލުކޮށްދިނުމަށާއި، އަލުން ބާއްވައިދިނުމަށް އެމްޑީޕީގެ މައްޗަށް ހުށަހެޅި މައްސަލައިގައި ދަޢުވާކުރުމަށް އެކަށީގެންވާ މަސްލަހަތާއި ހައިސިއްޔަތު، ދައުވާ ހުށަހެޅި ފަރާތުގެ ނެތްކަމަށް ކަނޑައަޅައި އެ މައްސަލަ ކުރިއަށް ގެންދެވެން ނެތްކަމަށް ސިވިލް ކޯޓުން ނިންމާފައިވާކަމަށެވެ.

ސިވިލް ކޯޓުން އެފަދައިން ނިންމީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ އިންތިހާބު ސައްހަ ނޫން ކަމަށް ކަނޑައަޅައިދޭން އެދި ދައުވާކުރި އަލީ އަމްޖަދަކީ ޕާޓީގެ މެންބަރަކަށް ނުވާތީކަމަށް ބުނެއެވެ.

ނިމިދިޔަ އެމްޑީޕީގެ ޕްރައިމަރީގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ކުރި ހޯއްދެވީ 61 ޕަސެންޓުންނެވެ.

ރައީސް ނަޝީދުގެ ފެކްޝަނުން ބުނަމުން ދަނީ މެންބަރުންގެ ދަފްތަރު ގަޑުބަޑުކޮށް، އެމަނިކުފާނަށް ތާއީދުކުރާ އެތައް ހާސް ބަޔަކު ޕާޓީން ވަކިކޮށްފައި ވާތީ ޕްރައިމަރީ ސައްހަކަމަށް ގަބޫލު ނުކުރާކަމަށެވެ.

މި ލިއުމާއި ގުޅޭ