Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކްރިމިނަލް ކޯޓު

އަންހެން މީހާގެ ހެކިބަސް ބަދަލުކުރުމުން ގެވެށި އަނިޔާގެ މައްސަލަ ސާބިތެއްނުވި

މާލޭ ގެއެއްގައި ބިދޭސީ އަންހެނަކަށް ގެވެށި އަނިޔާކުރި މައްސަލައިގައި ހައްޔަރުކުރި ބިދޭސީ މީހާއަށް ކުރާ ދައުވާ ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ފެންމަތިވި އެ މައްސަލައިގައި ދައުވާކުރީ އޭނާގެ ފިރިމީހާ ކަމަށްވާ އިންޑިއާގެ ސްރިނިވަސަން ސުބްރަމަނިގެ މައްޗަށެވެ.
ދައުލަތުން އޭނާގެ މައްޗަށް ކުރީ ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާ އެވެ. އެމީހާ އޭނާގެ އަނބިމީހާގެ ފަލަ މަސްގަނޑަށް ވަޅި ހަރާފައިވާ ކަމަށާއި، ހަމަލާ ދިނީ ނިދާފައި އޮއްވާ ކަމަށް ދައުވާގައި ބުނެފައިވެ އެވެ.
ނަމަވެސް އަންހެން މީހާ ހެކިބަސް ދިނީ ތަހުގީގުގައި ދީފައިވާ ބަޔާނާ ހިލާފަށެވެ.
އެގޮތުން ހެކިބަސް ދެމުން އޭނާ ބުނެފައިވަނީ އޭނާ ނިދަން އޮތީ ސިޓީންގ ރޫމުގައި އޭނާ ތަރުކާރީ ކޮށަން ހުންނަ ތަނާ ދިމާލުގައި ކަމަށެވެ. އެތަނުގައި އާންމުކޮށް ވަޅި ފަދަ ތަކެތި ހުންނަ ކަމަށާއި، ގަޔަށް ވަޅި ހެރުނީ ނިދީގައި ފުރޮޅެމުން ކަމަށެވެ.
އެހެންނަމަވެސް އޭނާ ސީންގައި ހުރެ ފުލުހުން ގާތުގައި ބުނެފައިވަނީ އޭނާއަށް ހަމަލާދިނީ ފިރިމީހާ ކަމަށެވެ. އެކަން ބަޔާންކޮށް ސީން އޮފް ކްރައިމް އޮފިސަރުން ވަނީ ހެކިބަސް ދީފަ އެވެ. ނަމަވެސް މި މައްސަލައިގެ ސީންއަށް ދިޔަ ފުލުހުންގެ ހެކިބަހުގައި އަނިޔާވި ފަރާތް ބުނި ބުނުން ކިޔާދީފައިވާ ގޮތް ތަފާތެވެ.
އެ މައްސަލައިގައި މިއަދު ކްރިމިނަލް ކޯޓުން ނިންމީ ދައުލަތުން ހުށައަޅާފައިވާ ހެކިތަކަށް ބަލާއިރު، ދައުވާގައި ބަޔާންކޮށްފައިވާ ފަދައިން އޭނާ އަނބިމީހާއަށް ހަމަލާ ދިންކަން އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތު ކޮށްފައި ނުވާ ކަމަށެވެ.
މި ލިއުމާއި ގުޅޭ