Saturday 9th Dec 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އައްޑޫ ސިޓީ

އައްޑޫ ކުނިކޮށީގައި ރޯވި އަލިފާންގަނޑު އަދިވެސް ނުނިވޭ

އިއްޔެ ހަވީރު އައްޑޫސިޓީ ހިތަދޫގެ ކުނި ގޮނޑުގައި ރޯވި އަލިފާންގަނޑު ނިއްވަން މަސައްކަތް ކުރާތާ 15 ގަޑިއިރު ފަހުންވެސް އަދިވެސް ނުނިވެއެވެ.

އިއްޔެ ހަވީރު މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއަށް (އެމްއެންޑީއެފް) ކުނި ގޮނޑުގައި ރޯވެގެން ރިޕޯޓްކޮށްފައި، ސިފައިންގެ އަލިފާން ނިއްވާ ހިދުމަތުން 15 ގަޑިއިރު ވަންދެން އަލިފާން ނިއްވުމުގެ މަސައްކަތުގައި ހުޅުގަނޑުގެ ބޮޑުބައި ނިއްވާލިއެވެ. ނަމަވެސް، ކުނި ގޮނޑަކަށްވުމުން ފަސޭހައިން ހުޅު ހިފާނެ، އަދި ހުޅު ފެތުރޭނެ ކުންޏާއި އެކިއެކި ސާމާނު ހުރުމުން، އަދިވެސް ބައެއް ތަންތަންކޮޅުގައި އޮތީ ރޯވެފައެވެ. ހުޅުގަނޑުގެ ސަބަބުން އުފެދޭ ދުންގަނޑުގެ އަސަރު އައްޑޫ ލިންކްރޯޑުއާއި ހަމައަށް ކުރެއެވެ.
ހުޅުނގަނޑުން އުފެދޭ ދުންގަނޑު ގޮސް ލިންކުރޯޑުގައި ފެތުރުމުގެ ސަބަބުން، ހާލަތު އެއްކޮށް ކޮންޓުރޯލް ނުވަނީސް މުހިއްމު ކަންކަމުގައި ނޫނީ އެމަގުން ދަތުރު ނުކުރުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކުރިއެވެ. އަދި އެފަދަ ދަތުރުތަކުގައި މާސްކް އެޅުމަށް ހަދުމަކުރުމަށް ކައުންސިލުން ބުނުމުގެ އިތުރުން، ތުއްތު ކުދިން ގޮވައިގެން އެއްވެސް ހާލަތެއްގައި ސައިކަލުން ދަތުރު ނުކުރުމަށް އިލްތިމާސްކުރިއެވެ. އެއީ، ކުނި ގޮނޑުން އުފެދޭ ދުމަކީ އޭގެ ތެރޭގައި އެކިއެކި ނޭދެވޭ، ނުރައްކާ މާއްދާތައް އެކުލެވޭ ދުންގަނޑަކަށްވުމުންނެވެ.
އެ ސަރަހައްދު ކައިރިން ދަތުރުކުރުުން ވީހާވެސް މަދުކުރުމަށް އައްޑޫ ފުލުހުންގެ ހިދުމަތުން އަންގާފައިވެއެވެ. އަލިފާން ގަނޑު ނިއްވުމުގައި ބޭނުންކުރާ ފެންޖަހާ ހޮޅި އޮތީ ކުނި ގޮނޑު ކައިރީ މަގު މެދުން އަޅާފައިކަމަށްވުމުން، އެ ހިސާބުން ދަތުރުކުރާއިރު އެކަމަށް ހުސިޔާރުވުމަށް އައްޑޫ ފުލުހުން އިލްތިމާސްކުރިއެވެ.
ހިތަދޫ ކުނިގޮނޑު ރޯވުމުގެ ހާދިސާއެއް މީގެ ކުރިން 3 ފަހަރު ހިނގައިފާވާކަމަށް އެ ރަށުގެ މީޑިއާތަކުން ބުނެއެވެ.
މި ލިއުމާއި ގުޅޭ