Wednesday 4th Oct 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޢަލީ ޒާހިރު

މޮރިޝަސް ބޭންކަށް 2.3 މިލިއަން ރުފިޔާ ނުދައްކަން އަލީ ޒާހިރު ސުޕްރީމް ކޯޓަށް

ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު، މޮރިޝަސް ބޭންކަށް 2.3 މިލިއަން ރުފިޔާ ދައްކަން ޖެހޭ ކަމަށް، ސިވިލް ކޯޓުން ކޮށްފައިވާ ހުކުމަށް ތާއީދުކޮށް ހައިކޯޓުން ކުރި ހުކުމް ބާތިލު ކުރަން، އަލީ ޒާހިރު ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް އެ ކޯޓުގައި ފަށައިފި އެވެ.

މި މައްސަލައަކީ އަބްދުﷲ ނަސީރު ކިޔާ މީހަކު އަލީ ޒާހިރުގެ އެކައުންޓަށް 4.1 މިލިއަން ރުފިޔާ ޖަމާކުރުމަށް ހުށަހެޅި ޗެކެއް ޑިޕޮސިޓްކުރިކަމުގެ ލިޔުން އަލީ ޒާހިރާ ހަވާލުކުރުމުން އޭނާގެ އެކައުންޓުން 2.3 މިލިއަން ރުފިޔާ ޗެކެއް ނަސީރަށް އަލީ ޒާހިރު ދެއްވުމާ ގުޅިގެން އެ ޗެކުގައި ބުނާ އަދަދަށް ފައިސާ އެކައުންޓުގައި ނެތީސް ފައިސާ ދޫކުރުމާ ގުޅޭ މައްސަލައެކެވެ.

މި ފައިސާ އަލީ ޒާހިރުގެ އެކައުންޓުން ދޫކުރިއިރު އޭނާގެ އެކައުންޓަށް ޢަބްދުﷲ ނަސީރު ދިން 4.1 މިލިއަން ރުފިޔާ ޖަމާވެފައިނުވެއެވެ. ނަމަވެސް އެ މައްސަލާގައި އަލީ ޒާހިރުގެ އެކައުންޓުގައި ފައިސާ ނެތީސް ދޫކުރި 2.3 މިލިއަން ރުފިޔާއަށް އޭނާ ޒިންމާވެވަޑައިގަންނަވަން ޖެހޭނެކަމަށް ބުނެ 10 ދުވަހުގެ ތެރޭގައި އެ ފައިސާ ދައްކަން ޖޫން 18، 2018 ގައި މޮރިޝަސް ބޭންކުން އެންގުމުން އެ މައްސަލަ އަލީ ޒާހިރު ސިވިލް ކޯޓަށް ހުށަހެޅުއްވި އެވެ.
ސިވިލް ކޯޓަށް އަލީ ޒާހިރު މައްސަލަ ހުށަހެޅުއްވީ 10 ދުވަހުގެ ތެރޭގައި ފައިސާ ދައްކަން އަންގައި މޮރިޝަސް ބޭންކުން ފޮނުވި ސިޓީ ބާތިލުކޮށްދިނުމަށް އެދިވަޑައިގެންނެވެ. ނަމަވެސް ކޯޓުން ނިިންމާފައިވަނީ އެ ސިޓީ ބާތިލުކުރަންޖެހޭ ސަބަބެއް ނެތްކަމަށެވެ.
ކޯޓުގެ އެ ނިންމުން އަލީ ޒާހިރުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރެއްވުމުން ވެސް ތިން ފަނޑިޔާރުންގެ ބެންޗަކުން މައްސަލަ ބަލައި ނިންމާފައިވަނީ ސިވިލް ކޯޓުގެ ނިންމުން ބާތިލުކުރަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.

އެހެންވެ، އަލީ ޒާހިރުގެ ފަރާތުން ސުޕްރީމް ކޯޓަށް އެ މައްސަލަ ހުށަހެޅުމުން މައްސަލައިގެ އަޑުއެހުންތައް ފެށީ މިއަދު އެވެ.

ހައިކޯޓުގައި މައްސަލަ ނިމުނު ގޮތް:

ހައިކޯޓުގައި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު ޝުއައިބު ހަސަން ޒަކަރިއްޔާއާއި ފަނޑިޔާރު ޙަސަން ޝަފީއުއާއި ފަނޑިޔާރު މުޙައްމަދު ފައިސަލް ވިދާޅުވެފައިވަނީ އަލީ ޒާހިރުގެ އެކައުންޓުގައި އޭނާ ދޫކުރި މިންވަރަށް ފައިސާ ނެތީސް އެ ފައިސާ ދޫކުރުމަކީ ބޭންކަށް ލާޒިމު ކަމެއް ކަމުގައިނުވި ނަމަވެސް، އެއީ ބޭންކަށް މަނާ ކަމެއް ނޫން ކަމަށެވެ.
މިކަމުގައި ފަނޑިޔާރު ފައިސަލްގެ ރައުޔަ ތަފާތުވެފައިވަނީ އެ ފައިސާއާމެދު އަލީ ޒާހިރު ދިންމާދާރުކުރުވުމާ ގުޅޭ ގޮތުންނެވެ. އޭނާ ވިދާޅުވި ގޮތުގައި އަލީ ޒާހިރު ޗެކު ދޫކުރީ އޭނާގެ އެކައުންޓަށް 4 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާވިކަން ބޭންކުން އެންގުމާ ގުޅިގެން އެ ފައިސާ އެކައުންޓުގައި ހުރިކަމަށް ބަލައިގެންނެވެ. އަދި ޗެކުން ނުހައްގު މަންފާއެއް ލިބުނީ އަލީ ޒާހިރަށް ކަމަށާއި، އެހެންކަމުން އެ ފައިސާ ހޯދަން އަލީ ޒާހިރު މައްޗަށް ދައުވާނުކުރެވޭނެ ކަމަށާއި ފައިސާ ހޯދަން ބޭންކުން ފޮނުވި ސިޓީ ބާތިލުކުރަންޖެހޭ ކަމަށެވެ.

ނަމަވެސް ބާކީ ތިއްބެވި ދެ ފަނޑިޔާރުން ބުރަވެވަޑައިގަތީ އަލީ ޒާހިރު ދޫކުރެއްވި ޗެކަށް ބޭންކުން ފައިސާ ދޫކުރުމަކީ ބޭންކަށް ލިބިފައިވާ އޯވާޑްރާފްޓުކުރުމުގެ ބާރުގެ ތެރެއިން ކުރި ކަމެއް ކަމަށެވެ. އަދި އެކައުންޓުގައި ޗެކުގައި ކަނޑައަޅާފައިވާ އަދަދަށް ފައިސާ ނެތުމަކީ ގާނޫނުގައި ޗެކަށް ފައިސާ ދޫކުރުން މަނާވާ ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ނޫންކަންވެސް އެ ފަނޑިޔާރުން ފާހަގަކުރެއްވި އެވެ.

އަދި ޗެކަށް ދޫކުރި ފައިސާ އަނބުރާ ބޭންކަށް ދެއްކުމަކީ އަލީ ޒާހިރުގެ ޒިންމާއެއް ކަމަށާއި އެހެންކަމުން އެ ފައިސާއަށް އޭނާ ޒިންމާވެވަޑައިގަންނަވަންޖެހޭނެ ކަމަށާއި، އެ ފައިސާ ދައްކަން ބޭންކުން ފޮނުވި ނޯޓިސް ބާތިލުކުރާނެ ޖާގައެއް ނެތްކަމަށް ފަނޑިޔާރު ޝުއައިބު އަދި ޝަފީއުގެ އިއްތިފާގުން ނިންމެވީ އެވެ.

މި ލިއުމާއި ގުޅޭ