Monday 12th May 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފަރަންސޭސިވިލާތް

ފުުރާންސްގައި ތަނެއް ގޮވައިގެން އިމާރާތްތައް ސުންނާފަތިވެ، މީހުންތަކެއް ގެއްލިއްޖެ

ފުރާންސްގެ މާސޭގެ ޕޯޓު ކައިރީގައި ހުރި ތަނަކުން އެއްޗެއް ގޮވައިގެން 2 އިމާރާތް ސުންނާފަތިވެއްޖެއެވެ. އަދި އެ 2 އިމާރާތުގެ ދަށުގައި 8 ވަރަކަށް މީހުން ތާށިވެފައި ތިބިކަމަށް ގަބޫލްކުރެވޭކަމަށް ބޭރުގެ މީޑިއާތަކުން ބުނެއެވެ.

ގޮވީ ކޮން އެއްޗެއްކަން އަދި ހޯދިފާނުވާއިރު، އެ ސަރަހައްދުގެ އޮފިޝަލުން ބުނާގޮތުގައި ވެއްޓުނު އިމާރާތްތަކުގެ ދަށުވެފައި 8 މީހުން ތިބިކަމަށް ގަބޫލްކުރެވެނީ އެ މީހުންނާއި އެއްވެސް ކަހަލަ މުއާމަލާތެއް ނުކުރެވޭތީކަމަށެވެ.

މާސޭގެ ޕްރޮސިކިއުޓާ ޑޮމިނީކް ލޯރެންސް ހަވާލާދީ ބޭރުގެ މީޑިއާތަކުން ބުނާގޮތުގައި، 100 އަށްވުރެން ގިނަ އަލިފާން ނިއްވާ ފަރާތްތަކުން 17 ގަޑިއިރު އަލިފާން ނިއްވުމުގައި ހަރަކާތްރިވުމުގެ ފަހުންވެސް ހާލަތު ކޮންޓުރޯލް ނުކުރެވޭކަމަށް ވިދާޅުވިއެވެ. މައިގަނޑު ގޮތެއްގައި އެމީހުން މަސައްކަތްކުރަނީ ވެށްޓިފައި އޮތް އިމާރާތުގެ އެތެރޭގައި ރޯވެފައި އޮތް އަލިފާން ގަނޑު ނިއްވާލާށެވެ.
މި ހާދިސާގައި 5 މީހުންނަށް ކުދި ޒަހަމްލިބުނެވެ. އަދި އިމާރާތްތަށް ދަށުވެފައި ތިބިކަމަށް ގަބޫލުކުރެވޭ 8 މީހުންގެ އިތުރަށް 9 ވަނަ މީހެއްެވެސް ހޯދަމުން ދާކަމަށް ލޯރެންސް ވިދާޅުވިއެވެ. އަދި މިހާތަނަށް އެހިސާބުގަނޑުގެ 30 އިމާރާތަކުން މީހުން ހުސްކޮށްފައިވެއެވެ.

ސަލާމަތީ ފަރާތްތައް ކުރިމަތިލަމުން އަންނަ ބޮޑު އެއް ގޮންޖެހުމަކީ ސުންނާފަތިވެގެން ވެއްޓުނު އިމާރާތާއި އެއް ފާރެއް ހިއްސާކުރާ އެހެން އިމާރާތަކަށްވެސް ގެއްލުންލިބި، އެއިގެ އެއްބައި އަނެއް އިމާރާތުގެ މައްޗަށް ވެށްޓުމުންނެވެ. ސަލާމަތީ ހަރަކާތްތަކުގައި އިންސާނުންނާއި އަދި، އާންމުކޮށް ބޭނުންކުރާ ކުއްތާތައް ހަރަކާތްތެރިވެވޭ ވަރަށްވުރެން ހާލަތު ނުރައްކާވުމުން، އިންސާނުންގެ ހިލަމެއް ވޭތޯ ޑުރޯންއާއި ޕުރޯބްސް ބޭނުންކުރެއެވެ.

އަލިފާން ނިއްވާ ހިދުމަތައް އިތުރު ގޮންޖެހުމެއް ކަމުގައި ކުރިމަތިވީ މިހާތަނަށް ނުނިއްވިގެން އުޅޭ އަލިފާންގަނޑު ރޯވެފައި އޮތީ އިމާރާތުގެ އަޑީގައި ހުރި ދެބުރީގެ އަޑީގައިކަމަށް ވުމުން، އެތަނަށް ފެން ނުވަތަ ފޯމް ޖެހުމުން އެތާންގައި ތާށިވެފައި ތިބިކަމަށް ގަބޫލުކުރެވޭ މީހުންނަށް ނުރައްކާވެދާނެކަމެވެ.

މިކަން ހިނގަން ދިމާވެދާނެ ކަންކަމުގެ ތެރެއަށް ތަހުގީގު މިހާރު ފަށައިފިއެވެ. އަދި މިކަމަކީ ގެއްލުން ދިނުމަށް ގަސްތުގައި ކުރިކަމަށް ނުބަލާ، ގޭސް އެކުލެވޭ އެއްޗެއް ގޮވައިގެން ހިނގި ހާދިސާއެއްކަމަށް ވެދާނެކަމަށް ޕުރޮސިކިއުޓާ ލޯރެންސް ވިދާޅުވިއެވެ.

މި ލިއުމާއި ގުޅޭ