Friday 22nd Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މިނިސްޓާ ޑރ.ޢާއިޝަތު ޢަލީ

ކޮންޓްރެކްޓު ހަމަވާން މަހަކަށް ވީއިރު މަކުނުދޫ މަލްޓިޕާޕަސް ހޯލްގެ އަދި އެޅުނީ ބިންގާ އެކަނި

ހދ. މަކުނުދޫ ސްކޫލުގެ މަލްޓިޕާޕަސް ހޯލް ހެދުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށް، ކޮންޓްރެކްޓު ހަމަވާން އެންމެ މަހަކަށް ވީއިރު އެ މަސައްކަތް ނިމެން ގާތްވެސް ނުވާތީ އެ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

އެއް އަހަރު ދުވަހުން މަސައްކަތް ނިންމާ ގޮތަށް މަކުނުދޫގައި މަލްޓި ޕާޕަސް ހޯލެއް ހަދަން އެއިމްސް ކުންފުންޏާ ހަވާލުކުރީ މެއި 26، 2022 ގަ އެވެ.
އެ މަސައްކަތާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރު ރާއީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއާ ސުވާލު ކުރެއްވުމުން ވިދާޅުވީ އެ ޕްރޮޖެކްޓުގެ ޕްރޮގްރެސް ލަސްކަމުން، މަސައްކަތުގެ ސްޕީޑު އަވަސްކުރުމަށް ވެސް އެއިމްސް ކުންފުންޏަށް މިހާރު އަންގާފައިވާ ކަމަށެވެ.
"އެއް ނޯޓިސް ދެވިފަ ވަނީ މިހާރު ރަނގަޅު ކުރަންވީ ކަންކަމާ، އެކަންކަން އެބޭފުޅުންނާ ހިއްސާކޮށްފަ ވަނީ، އަދި އެކަންކަން ރަނގަޅު ނުކޮށްފި ނަމަ ދެވަނަ ނޯޓިސްއަކަށް ފަހު ކޮންޓްރެކްޓު ޓާމިނޭޓް ކުރާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
މެންބަރު ރާއީ ވިދާޅުވި ގޮތުގައި އެ މަސައްކަތް ނިންމަން ގާތްގަނޑަކަށް ބާކީ އެއްމަސް އޮތް އިރު، އަދި މިހާތަނަށް ނިމިފައި އޮތީ އިމާރާތުގެ ބިންގާ އެކަންޏެވެ. އަދި އޭނާ ވަނީ އެ ޕްރޮޖެކްޓު ތާރީހަށް ނުނިންމި ލަސްވާތީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
މި ލިއުމާއި ގުޅޭ