Sunday 21st Jul 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާ

ގޮވާމުގެ ބާވަތްތަކުން ޒަކާތް ދެއްކުމުގެ ފުރުސަތު ހުޅުވާލަނީ

ގޮވާމުގެ ބާވަތްތަކުން ފިތުރު ޒަކާތް ދެއްކުމުގެ ފުރުސަތު އަންގާރަ ދުވަހު ހުޅުވާލަން އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ.
އެ މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ ގޮވާމުގެ ބާވަތްތަކުން ޒަކާތްދައްކަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު އަންގާރަ ދުވަހުން ފެށިގެން މި މަހުގެ 20 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.

ޒަކާތް ދައްކަން ޖެހޭނީ އެބަޔަކު އަހަރުތެރޭގައި ޢާންމުކޮށް ކައި އުޅުނު ގޮވާމުގެ ބާވަތަކުން މީހަކަށް 2.4 ކިލޯ ކަމަށް އެ އިއުލާނުގައި ބުނެފައިވެ އެވެ. މިނިސްޓްރީން ބުނެފައިވާ ގޮތުގައި މާލޭގައި ގޮވާމުން ޒަކާތް ބަލައިގަން ހަމަޖެހިފައިވަނީ މަޖީދިއްޔާ ސްކޫލްގެ ސަލާހުއްދީން ހޯލުގަ އެވެ.

ގޮވާމުން ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާ ބާވަތްތަކަކީ އާދައިގެ ހަނޑޫ، ތައިލެންޑް ހަނޑޫ، ބާސްމަތީ ހަނޑޫ، ރަތް ހަނޑޫ، ގޮދަން ފުށް އަދި އާޓާ ފުށުންނެވެ.

އެމިނިސްޓްރީން ބުނީ ގޮވާމުން ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަސްފިޔަވައި، ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން 12:00، މެންދުރުފަހު 13:00 އިން 15:15 އަށް އަދި ރޭގަނޑު 21:00 އިން 22:30 އަށެވެ.

މި ލިއުމާއި ގުޅޭ