Saturday 9th Dec 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އަޤުޞާ މިސްކިތް

އިސްރާއީލުގެ ސަލާމަތީ ބާރުތަކުގެ ހިމާޔަތުގައި، ޔަހޫދީ އާބާދުވެރިން އަޤުޞާ މިސްކިތަށް ވަދެގަނެފި

ބަރަކާތްތެރި އަޤުޞާ މިސްކިތުގެ ތެރެއަށް ޔަހޫދީ އާބާދުވެރިންގެ ގިނަ އަދަދެއްގެ ބަޔަކު ވަދެގަނެފައިވާކަމަށް ޤުދުސްގެ އިސްލާމީ އައުޤާފާ ހަވާލާދީ ބައިނަލްއަޤުވާމީ މީޑިއާއިން ރިޕޯޓުކޮށްފިއެވެ.

ޔަހޫދީ އާބާދުވެރިން އަޤުޞާ މިސްކިތުގެ ތެރެއަށް ވަދެ މިސްކިތުގައި އެމީހުންގެ ތަލްމޫދު ކިޔަވައި އަޅުކަންކުރަމުންދިޔައިރު އެމީހުން ތިބީ އިސްރާއީލުގެ ސަލާމަތީ ބާރުތަކުގެ ވަރުގަދަ ހިމާޔަތާއި ރައްކާތެރިކަމުގެ ދަށުގައެވެ.

ފަލަސްޠީނުގެ މީޑިއާއެއްކަމަށްވާ ވަފާއިން ރިޕޯޓުކުރި ގޮތުގައި މިސްކިތުގެ ބޭރު ސަރަހައްދުގައި ހުރި ބައިތައް އިސްރާއީލު ސިފައިންވަނީ އަސްކަރީ ޕޯސްޓުތަކަށް ހަދާފައެވެ. އަދި ޔަހޫދީންގެ އީދު ފާހަގަކުރުމަށް ޔަހޫދީ އާބާދުވެރިން މިސްކިތަށް ވަނުމަށް މަގުފަހިކުރުމަށް ޤުދުސްގައި ހުރަސްތައް ޖަހައި ވަކި މަގެއް ހަދާފައިވާކަމަށް އެ ނޫހުން ރިޕޯޓުކުރެއެވެ.

އިސްރާއީލު ސިފައިންވަނީ އަޤުޞާ މިސްކިތަށް ފަލަސްޠީނުގެ ޒުވާނުން ވަނުން މަނާކޮށް، މިސްކިތަށް ވަންނަން މަސައްކަތްކުރި ޒުވާނުން އަސްބާޠު ދޮރާށިން ބޭރުކޮށްފައެވެ. އަދި އެވަގުތު އިސްރާއީލުގެ ބައެއް ސިފައިން ދިޔައީ އެހެން ޒުވާނުންތަކަކަށް ހަމަލާދެމުންކަމަށްވެސް ވަފާ ނޫހުން ރިޕޯޓުކޮށްފައިވެއެވެ.

ޒުވާނުން މިސްކިތަށް ވަނުމަށް ހުރަސްއެޅި ނަމަވެސް ގިނަ އަދަދަކަށް ފިރިހެނުންނާއި އަންހެނުން އަޤުޞާ މިސްކިތަށް ވަދެ މިސްކިތުގެ ހުސްބިމުގައި މަޑުކޮށްގެން ތިއްބެވެ.

ފާއިތުވި ދުވަސްތަކުގައި އިސްރާއީލުގެ ސަލާމަތީ ބާރުތަކުން އަންނަނީ އަޤުޞާ މިސްކިތަށް ހަމަލާދީ މިސްކިތުގައި އަޅުކަންކޮށް އިއުތިކާފަށް ތިބި މީހުންނަށް އަނިޔާކޮށް އެމީހުން ހައްޔަރުކޮށް މިސްކިތުން ބޭރުކުރަމުންނެވެ.

މިސްކިތު ތެރެއަށް ވަދެގަނެ މިސްކިތުގައި އިއުތިކާފަށް ތިބި މީހުންނަށް ހަމަލާދީ އަނިޔާދޭ މަންޒަރު ފެންނަ ވީޑިއޯތައް މީސްމީޑިއާއަށް ތިލަވެ ފެތުރިފައިވެއެވެ.

މި ލިއުމާއި ގުޅޭ