އުރީދޫގެ މޫލީ ޕުލެޓްފޯމްއާއި މާލެ ސިޓީ ކައުންސިލާއި ގުޅިގެން، ފަސޭހައިން ތާޒާ މޭވާއާއި ތަރުކާއި ގަނެވޭނެ އައު ހިދުމަތެއް، "މޫލީ މާކެޓް"ގެ ނަމުގައި ތައާރަފްކޮށްފިއެވެ.
އުރީދޫގެ އީ ކޮމާސް ޕުލެޓްފޯމް މޫލީގެ މި އައު ކެޓަގަރީ މެދުވެރިކޮށް، ލޯކަލް މާރުކޭޓުގައި ހުންނަ ބައެއް ފިހާރަތަކުން ވިއްކާ ތާޒާ މޭވާއާއި ތަރުކާރި ކޮންމެ ތަނެއްގައި ހުރެގެންވެސް، ފަސޭހައިން ގަނެލެވޭނެއެވެ. ހަމައެއާއިއެކު އެ ތަކެތި ގެއަށް ޑެލިވަރީކޮށްދިނުމުގެ ހިދުމަތްވެސް ފޯރުކޮށްދެއެވެ.
ހެބިޓަސް ފުރެޝް އަދި އެގްރިޒާ މޯލްޑިވްސް ފަދަ ލޯކަލް މާރުކޭޓުގައި ވިޔަފާރިކުރާ ވިޔަފާރިތަކުން ފޯރުކޮށްދޭ މޭވާއާއި ތަރުކާރީގެ ތެރެއިން މޫލީ މާރުކޭޓުން ލިބެން ހުންނަ ބައެއް ބާވްތަކަކީ، ފިޔާ، ލުނބޯ، ހިކަނދިފަތް، ކެބެޖު، އަލަނާސި، ބަރަބޯ، އިނގުރު، އަދި ފެހި މިރުހެވެ.