Friday 22nd Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދައުލަތުގެ ރިޒާވް

އަހަރުގެ ފުރަތަމަ 3 މަސް: ދައުލަތުގެ ރިޒާވް ދަށަށް

މި އަހަރުގެ ފުރަތަމަ 3 މަސް ނިމުނު އިރު ދައުލަތުގެ ބޭނުން ކުރެވޭ ބޭރު ފައިސާގެ ރިޒާވް ދަށަށް ގޮސްފިއެވެ.

މި އަހަރު ފެށުނު އިރު ދައުލަތުގެ ބޭނުން ކުރެވޭ ރިޒާވްގެ ގޮތުގައި ހުރީ 267 މިލިއަން ޑޮލަރެވެ. އެހެން ނަމަވެސް މާޗު މަސް ނިމުނު އިރު ބޭނުން ކުރެވޭ ގޮތަށް ހުރީ 200 މިލިއަން ޑޮލަރެވެ. އެއީ ގާތް ގަނޑަކަށް 2 މަހުގެ އިމްޕޯޓަށް ބޭނުން ކުރެވޭ ވަރުގެ ފައިސާއެވެ.

ބޭނުން ކުރެވޭ ރިޒާވް ދަށަށް ގޮސްފައިވާއިރު ޖުމްލަ ރިޒާވްވެސް ވަނީ ދަށަށް ގޮސްފައެވެ. އަހަރު ފެށުނު އިރު ޖުމްލަ ރިޒާވްގައި ހުރީ 827 މިލިއަން ޑޮލަރެވެ. އަދި މާޗު މަހުގެ ނިޔަލަށް ޖުމްލަ ރިޒާވްގައި ހުރީ 764 މިލިއަން ޑޮލަރެވެ.

މިއީ ބޭނުންކުރެވޭ ރިޒާވް ޖެހިޖެހިގެން ދަށަށް ދިޔަ 3 ވަނަ މަހެވެ. އެހެން ނަމަވެސް ސަރުކާރުން އަދިވެސް ދަނީ ރިޒާވްގެ ހާލަތު އޮތީ ރަނގަޅަށް ކަމަށް ބުނަމުންނެވެ. ފާއިތުވި އަހަރުގެ ފަހުކޮޅު ރިޒާވްގެ ހާލަތު ދަށްވުމުން ސަރުކާރުން ވަނީ އިންޑިއާއިން 200 މިލިއަން ޑޮލަރުގެ ލޯނެއް ނަގާފައެވެ.

އަދި ސަރުކާރާއި ގުޅުން އޮންނަ ނޫސްތަކުން ވަނީ ބޭރު ފައިސާގެ ރިޒާވް ރެކޯޑު އަދަދަކަށް އިތުރުވެއްޖެކަމަށް ބުނެ ހަގީގަތާއި ހިލާފު ހަބަރުތައް ފަތުރާފައެވެ. އެހެން ނަމަވެސް ދާދިފަހުން ވޯލްޑް ބޭންކުން ނެރުނު ރިޕޯޓެއްގައިވެސް ވަނީ ރާއްޖޭގެ ރިޒާވްގެ ހާލަތާއި މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.

މި ލިއުމާއި ގުޅޭ