Friday 22nd Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ސައުދީ އަރަބިއްޔާ

މައްކާ ހިޞާރުކުރުމަށް އިންޑިއާގެ ހިންދޫންގެ ހަރުކަށި ލީޑަރަކު ގޮވާލައިފި

މުސްލިމުންގެ އެންމެ މުގައްދަސް ބިން ކަމުގައިވާ މާތްވެގެންވާ ކަޢުބާ ނުވަތަ ގެފުޅަކީ ހިންދޫންގެ ފައްޅިއެއްހުރި ތަނެއް ކަމަށްބުނެ މައްކާ ހިޞާރުކުރުމަށް އިންޑިއާގެ ހިންދޫންގެ ހަރުކަށި ލީޑަރަކު ގޮވާލައިފިއެވެ.

ހިންދޫންގެ ބޮޑު އެއްވުމެއްގައި ވާހަކަ ދައްކަމުން އިންޑިއާގެ އުއްތަރަ ޕްރަދޭޝްގައި ހުންނަ ހިންދޫންގެ ދަޝްނާ ދޭވީ ފައްޅީގެ އިސް ފާދިރީއެއް ކަމުގައިވާ ޔަތީ ނަރަސިންގއާނަންދު ސަރަސްވަތީ ވަނީ ދުނިޔޭގެ އެތައްމިތަނުގައި ތިބި ހިންދޫން އެކަތިގަނޑަކަށްވެ މައްކާ ހިފުމަށް ގޮވާލައިފައެވެ. ސަބަބެއްކަމުގައި އޭނާ ބުނެފައިވަނީ މައްކާގައި ހުރި ކަޢުބަތުﷲ ގެފުޅަކީ ކުރިން ހިންދޫންގެ ފައްޅިއެއް ހުރި ތަނެއްކަމަށެވެ.

މީގެ އިތުރުން އެފާދިރީ ބުނީ މުޅިދުނިޔެ މުސްލިމުންނާ އަދި މުސްލިމުންގެ ޖިހާދާ ދެކޮޅަށް އެއްބައިވާންވީ ވަގުތު ކަމަށާއި ހިންދުކަރަ އެއްކޮށް ހިފުމަށް ހިންދޫން ދެކޭ ހުވަފެނަކީ ބޮޑު ހުވަފެނެއް ކަމަށާ އެ ހުވަފެނަކީ ހިންދޫންގެ ލީޑަރު ވީރްޝަވަރްކަރް އަދި ސިވާޖީގެ ހުވަފެނެއްކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނީ ހުރިހާ ހިންދޫން ވެސް މި ހުވަފެން ދެކެން ޖެހޭނެ ކަމަށާ އަފްޣާނިސްތާނު ވެސް މައްކާގެ ގެފުޅު ވެސް ހިންދޫން ހިފަންޖެހޭނެ ކަމަށެވެ. ސަރަސްވަތީ ބުނީ ހިންދޫން ކޮންމެހެންވެސް މައްކާ ހިފަންޖެހޭ ކަމަށާ ހިންދޫން މައްކާއަށް ހަމަލާދޭން ޖެހޭ ކަމަށެވެ.

އިންޑިއާއަކީ ހަމައެކަނި ހިންދޫންގެ ޤައުމަކަށް ހެދުމަށް މިހާރު އިންޑިއާގައި ވެރިކަންކުރާ ހިންދޫންގެ ޕާޓީ ބީޖޭޕީން ކުރަމުން އަންނަ މަސައްކަތުގައި ވަކިން ޚާއްޞަކޮށް މުސްލިމުންނަށް އަމާޒުކޮށް ލާއިންސާނީ އަނިާތައް ދެމުންނެވެ.

މި ރަމަޟާން މަހުވެސް ހިންދޫންގެ ޢީދަކާ ދިމާކޮށް އިންޑިއާގެ މުސްލިމުންނަށް އަނިޔާކޮށް މަރާ، މިސްކިތްތަކުގައި ހުޅުޖަހާ، މުސްލިމުންގެ މަދަރުސާތައް އަންދައި މުސްލިމުންގެ ވިޔަފާރިތަކާ ގެދޮރު އަންދަމުން އަންނަކަން ފާހަގަ ކުރެވެއެވެ.

މި ލިއުމާއި ގުޅޭ