Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ހުޅުމާލެ

އެޗްޑީސީގެ ނަން އާބަންކޯ އަށް ބަދަލުކޮށް ހުޅުމާލެއިން އަނެއްކާވެސް 15 ބިމެއް ވިއްކާލަނީ

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން(އެޗްޑީސީ)ގެ ނަން "އާބަންކޯ" އަށް ބަދަލުކޮށް ހުޅުމާލެއިން 15 ބިމެއް ވިއްކާލަން އިއުލާނުކޮށްފިއެވެ.

އާބަންކޯއިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ވިއްކަނީ ހުޅުމާލޭ ބީޗް ސައިޑުން 1600 އާއި 2300 އަކަފޫޓުގެ 10 ބިމަކާއި ބީޗް ފްރަންޓުން 1200 އާއި 1800 އަކަފޫޓުގެ ފަސް ބިމެއް ކަމަށެވެ.

ބިން ގަތުމަށް އެދި ކުރިމަތިލެވޭނީ 18 އަހަރު ފުރިފައިވާ ދިވެހިންނާއި 100 ޕަސެންޓު ދިވެހިންގެ ހިއްސާ އޮންނަ ކުންފުނިތަކަށް ކަމަށް އެކުންފުނިން ނެރުނު އިއުލާނުގައި ބުނެފައިވެއެވެ. މީގެ އިތުރުން، ބިޑު ހުށަހަޅާ ފަރާތްތަކުން އެއް މިލިއަން ރުފިޔާގެ ބިޑު ސެކިއުރިޓީއެއް ބަހައްޓަންޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ.

އާބަންކޯއިން ބުނީ ބިޑު ކުރުމަށް ހަމަޖެހިފައި ވަނީ އެ ކޯޕަރޭޝަނުގެ ޕޯޓަލެއް މެދުވެރިކޮށް ކަމަށާއި، ބިޑު ހުށަހެޅުމުގެ ސުންގަޑި ހަމަވާނީ މެއި 31، ގެ ނިޔަލަށެވެ.

2021، ވަނަ އަހަރުގެ ޑިސެމްބަރު މަހުގައި ވެސް ހުޅުމާލޭ ދެ ވަނަ ފޭސްއިން 60 ބިމެއް ވިއްކުމަށް މިސަރުކާރުން ވަނީ އިއުލާނުކޮށްފައެވެ.

އިދިކޮޅު ފަރާތްތަކުން ބުނެފައިވަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން(އެޗްޑީސީ)ގެ ނަން "އާބަންކޯ" އަށް ބަދަލުކޮށްފައިވަނީ މި ސަރުކާރުން ހިންގާފައިވާ ޖަރީމާތައް ފޮރުވުމަށެވެ. ނަމަވެސް ދެން އަންނަ ސަރުކާރަކުން އެހުރިހާ ޖަރީމާތަކެއް ބެލޭނެ ކަމަށް އިދކޮޅުން ވަނީ ބުނެފައެވެ.

މި ލިއުމާއި ގުޅޭ