Sunday 3rd Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެސްޓީއޯ

އެސްޓީއޯއިން އެމްއޭސީއެލް އަށް ތެޔޮ ވިއްކާ އަގު ބޮޑުކޮށްފި

އެސްޓީއޯއިން އެމްއޭސީއެލް އަށް ތެޔޮ ވިއްކާ އަގު ބޮޑުކުރުމަށްފަހު، ތެޔޮ ފޯރުކޮށްދިނުމަށް ދެ ކުންފުނީގެ މެދުގައި ވެފައިވާ އެއްބަސްވުން އާ ކޮށްފި އެވެ.

އެސްޓީއޯގެ ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އާ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސައީދެވެ. އެމްއޭސީއެލުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މަހްޖޫބު ޝުޖާއު އެވެ.
އެ އެއްބަސްވުމުގެ ދަށުން އެމްއޭސީއެލަށް އެއް އަހަރު ތެރޭ 1.5 މިލިއަން ފީފާގެ ޖެޓް ފިއުލް އާއި 88،000 ފީފާގެ ޑީސަލް އެސްޓީއޯ އިން ފޯރުކޮށްދޭނެ އެވެ.

އެސްޓީއޯގެ އެމްޑީ ސައީދު ވިދާޅުވި ގޮތުގައި އެއްބަސްވުން އާ ކުރީ، ތެލުގެ ބާޒާރުގައި އަގަށް އައިސްފައިވާ ބަދަލުގެ ސަބަބުން، ތެޔޮ ފޯރުކޮށްދޭ ރޭޓުތަކަށް ބަދަލު ގެނައުމަށް ފަހު ކަމަށެވެ. އެ

ހެންކަމުން ދެން އެސްޓީއޯއިން އެމްއޭސީއެލް އަށް ދެން ތެޔޮ ވިއްކާނީ ކުރީގެ ރޭޓަށްވުރެ ބޮޑުކޮށް ކަމަށް ވިދާޅުވި ނަމަވެސް އަގު ބޮޑުވި ވަރު ހާމަކޮށްފައެއް ނުވެ އެވެ.

އޭނާ ވިދާޅުވި ގޮތުގައި އަގުތަކަށް ބަދަލު ގެންނަން ޖެހުނީ ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާ ހެދި ދުނިޔޭގެ ބާޒާރުގައި މިދިޔަ އަހަރުން ފެށިގެން ތެލުގެ އަގު ބޮޑުވަމުން ދިއުމުގެ ސަބަބުންނެވެ.

މި ލިއުމާއި ގުޅޭ