އޮޑިޓް ދާއިރާއިން މާސްޓާސް ހާސިލްކުރުމުގެ ފުރުސަތު ލިބޭ ސްކޮލާޝިޕެއް ޗައިނާއިން ރާއްޖެއަށް ދީފިއެވެ.
ޗައިނާގެ ނަންޖިން އޮޑިޓް ޔުނިވާސިޓީއިން ފޯރުކޮށްދިން ސްކޮލާޝިޕް ފުރިހަމަ ކުރަން ނަގާނީ 2 އަހަރު ދުވަހެވެ. ސްކޮލާޝިޕު ހޯދުމަށް ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު، ހުށަހެޅުމުގެ ސުންގަޑިއަކީ އޭޕްރިލް 18 ވާ އަންގާރަ ދުވަހެވެ.
އޮޑިޓް ދާއިރާއިން މާސްޓާސްއާއި ހަަމައަށް ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ލިބިގެންދާ އެ ކޯހުގެ ކިޔެވުން ފެށޭނީ މި އަހަރުގެ ސެޕްޓެންބަރު މަހުގައެވެ. މި ސްކޮލާޝިޕް ދިނުމަށް ހަމަޖެހިފައިވަނީ އެންމެ މީހަކަށެވެ.
ޗައިނާގެ ނަންޖިން އޮޑިޓް ޔުނިވާސިޓީއިން ދޭ ފުރުސަތު ހޯދުމަށް ޝައުގުވެރިވާ ފަރާތްތަކުން، 18 އޭޕްރިލްވާ އަންގާރަ ދުވަހުގެ ކުރިން www.audit.gov.mv/Scholarship.aspx މެދުވެރިކޮށް އެޕްލިކޭޝަން ފޯމު ހުށަހެޅޭނެއެވެ.
މި ކޯހާއި ބެހޭގޮތުން އިތުރު އެއްވެސް މައުލޫމާތެއް ސާފުކޮށްލަން ބޭނުންފުޅުވާނަމަ 3348200 އަށް ގުޅުއްވަން އޮޑިޓް އޮފީހުން އެދިފައިވެއެވެ.