Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މޯލްޑިވްސް ނޭޝަނަލް ޕާޓީ

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އެމްއެންޕީން އެހެން ޕާޓީއެއްގެ ފަހަތަށް ނުވަންނާނެ

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)އިން އެހެން ޕާޓީއެއް އިސްވެ އޮވެ އެކުލަވައިލާ ކޯލިޝަނެއްގައި ބައިވެރިނުވުމަށް ނިންމައިފިއެވެ.

އެމްއެންޕީން މިފަދައިން ނިންމީ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރަށް ޖުމްހޫރީ ޕާޓީއާއެކު މަސައްކަތްކުރުމަށް އެ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެނޑިޑޭޓު ޤާސިމް އިބްރާހީމް އެކި ޕާޓީތަކަށް ދައުވަތު ދެއްވުމާ ގުޅިގެންނެވެ.

ޖުމްހޫރީ ޕާޓީން އެދުނު ގޮތަށް އެ ޕާޓީއާއެކު ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރަށް ކޯލިޝަނެއް ހެދުމަކީ އެމްއެންޕީގެ އަސާސީ ޤަވާއިދުގައި ކަނޑައަޅާފައިވާ ޝަޚުޞީ މަޤުޞަދު ގެއްލި، އެ ޕާޓީން ކެނޑިޑޭޓެއް ނެރެ އިންތިޚާބުގައި ވާދަކުރާނެކަމަށް ދެމުންއައި ޔަގީންކަން ގެއްލޭނެކަމެއްކަމަށް އެމްއެންޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

އަދި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އެހެން ޕާޓީއެއްގެ ފަހަތަށް އެމްއެންޕީ އެރުމަކީ އެ ޕާޓީއަށް އާންމު މެންބަރުންނާއި ރައްޔިތުން ކުރާ އިތުބާރު ގެއްލޭނެކަމެއް ކަމުގައިވެސް އެ ޕާޓީން ބުނެފައިވެއެވެ.

އެމްއެންޕީއަކީ ފުދުންތެރި ރައްޔިތެއް ބިނާކުރުމުގެ ވިސްނުން އިސްކޮށްގެން ރައްޔިތުންގެ ލާބައާއި މަންފާއަށް މަސައްކަތްކުރާ ޕާޓީއެއްކަމަށް ބުނެ، އެ ޕާޓީއަށް ވެރިކަން ލިބިއްޖެނަމަ އެ ޕާޓީން މަސައްކަތްކުރާނީ އެމަގަށް ރައްޔިތުންނަށް އަދި ރާއްޖެއަށް ފަހިވާނެ ގޮތްތަކަށް ކަމުގައި އެމްއެންޕީން ބުނެއެވެ.

އަދި ޕާޓީ އުފެއްދި ފަހުން ކުރި މަސައްކަތްތަކާއި ރިޔާސީ އިންތިޚާބާ ގުޅިގެން ކުރަމުންދާ މަސައްކަތްތަކަށް ބަލާއިރު އެޕާޓީއަށް ރައްޔިތުންގެ ތާއީދާއި އިތުބާރު ލިބެމުންދާކަމަށް ދެކޭ ކަމަށާއި، އެ ޕާޓީން މަސައްކަތްކުރާނީ އެ ޕާޓީއާ އެއްގޮތް ތަސައްވުރެއް ގެންގުޅޭ ބަޔަކާއެކު އިސްވެ އޮވެގެން ކަމަށް އެމްއެންޕީން ބަޔާންކުރިއެވެ.

އަދި ޕާޓީގެ މެންބަރުންނާއި ޕާޓީއަށް ތާއީދުކުރާ ފަރާތްތަކުގެ ކިބައިން އެމްއެންޕީން އެދިފައިވަނީ ޕާޓީގެ ވައުދުތަކާއި، ސިޔާސަތުތައް ރައްޔިތުންނާ ހިއްސާކޮށް އޮޅުންފިލުވައިދިނުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްގެންގޮސްދިނުމަށެވެ.

އެމްއެންޕީން އެހެން ޕާޓީއެއްގެ ފަހަތަށް ނާރާނެކަން އިއުލާނުކުރިއިރު އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓަކީ ޕާޓީގެ ރައީސް އަދި ދަގެތި ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމެވެ. ނާޒިމަށް ޓިކެޓު ލިބިވަޑައިގަތީ އެ ޕާޓީން ރިޔާސީ ޕްރައިމަރީއަށް ހުޅުވައިލުމުން އިތުރު ބޭފުޅަކު ކުރިމަތިލައްވާފައިނުވާތީ، ވޯޓުނެގުމެއް ނެތިއެވެ.

އަންނަ މޭ މަހުގައި ނާޒިމަށް އެމްއެންޕީގެ ޓިކެޓު ހަވާލުކުރުމަށް ރަސްމިއްޔާތެއް ބާއްވާނެކަން އެމްއެންޕީންވަނީ އިއުލާނުކޮށްފައެވެ.

މި ލިއުމާއި ގުޅޭ