ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ނަގާ ލޯނު ނުދައްކާ މީހުންގެ އަތުން ނަގާ ޖޫރިމަނާ ކުޑަކޮށްފިއެވެ.
އެގޮތުން އެ ބޭންކުން ބުނިގޮތުގައި އެ ކުންފުނިން ނަގާ ލޯނަށް ފައިސާ ނުދައްކައިގެން އަރާ "އޯވާޑިއު ޗާޖު" 10 އިންސައްތަ މިހާރު ވަނީ ދެ އިންސައްތައަށް ކުޑަކޮށްފައެވެ. އެ ބަދަލު ބީއެމްއެލްއިން ގެނެސްފައި ވަނީ މިިދިޔަ އާދިއްތަ ދުވަހުއެވެ.
ބީއެމްއެލްއިން ބުނީ މި ބަދަލާއެކު މީގެ ކުރިން އެކުންފުނިން ލޯނު އަދި ފައިނޭންޝަލް ފެސިލިޓީ ނަގާފައިވާ ކަސްޓަމަރުންގެ ތެރެއިން ލޯނު ނުވަތަ ފެސިލިޓީއަށް ގަަވައިދުން ފައިސާ ނުދައްކާ މީހުންގެ އަތުން ނަގާ ޖޫރިމަނާވެސް ދެ އިންސައްތައަށް ކުޑަވާނެއެވެ.
ބީއެމްއެިންއިން މިފަދަ ލުއި ފަސޭހައެއް ކަސްޓަމަރުންނަށް ފޯރުކޮށްދީފައިވާއިރު އެ ބޭންކުން މިހާރު ވަނީ އިސްލާމިކް ފައިނޭންސްގެ ލިމިޓު ވެސް ބޮޑުކޮށްފައެވެ.
އެގޮތުން އިސްލާމިކް ފައިނޭންސް މެދުވެރިކޮށް 1.2 މިލިއަން ރުފިޔާ އާ ހަމަޔަށް ނަގުދު ފައިސާ އާއި މުދާ ނެގޭގޮތަށް ބީއެމްއެލްއިން ހަމަޖައްސާފައިވާއިރު މީގެ ކުރިން އެގޮތަށް ނެގެނީ 300،000 ރުފިޔާ އާ ހަމައަށެވެ.