Wednesday 27th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އޮސްޓްރޭލިއާ

އޮސްޓުރޭލިއާގެ ފެޑެރަލް ސަރުކާރުގެ އިކުއިޕްމެންޓުތަކުގައި ޓިކް-ޓޮކް ގެންގުޅުން މަނާކޮށްފި

އެމެރިކާ، ކެނެޑާ، އަދި އެހެން ގައުމުތަކާއި އެއްފަދައިން، އޮސްޓުރޭލިއާއިގައިވެސް އެގައުމުގެ ފެޑެރަލް ސަރުކާރުގެ އިކުއިޕްމެންޓުތަކާއި ޑިވައިސްތަކުގައި ޓިކް-ޓޮކް އެޕް ގެންގުޅުން މަނާކޮށްފިއެވެ.

ޗައިނާއަށް ނިސްބަތްވާ ޓިކް-ޓޮކް އެޕަކީ، އޮސްޓުރޭލިއާ، އެމެރިކާ، ކެނެޑާ، ނިއު ޒިލޭންޑް އަދި އިނގިރޭސިވިލާތް ހިމެނޭހެން އެކުލަވާލާފައިވާ ފައިވް-އައިސް އިއްތިހާދުގެ ހުރިހާ ގައުމުއްގެ ފެޑެރަލް ވަސީލަތްތަކުގައި މިހާރު މަނާ އެޕެކެވެ. ޓިކް-ޓޮކްގެ މައްޗަށް އެ ފަސްގައުމުންވެސް ކުރާ ތުހުމަތަކީ، ޓިކް-ޓޮކް މެދުވެރިކޮށް އެ އެޕް ބޭނުންކުރާ ފަރާތްތަކުގެ ޒާތީ މައުލޫމާތު އެ އެޕް ހިންގާ ކުންފުނި ބައިޓްޑާންސް ޗައިނާގެ ސަރުކާރާ ހިއްސާކުރާކަމުގެ ތުހުމަތެވެ. ބައިޓްޑާންސްއިން އެ ތުހުމަތަށް އިންކާރުކުރުމުގެ އިތުރުން، އެ ކުންފުނިން އެމެރިކާގެ ޔޫސާ ޑޭޓާ ޓެކްސަސްގައި ރައްކާކުރުމުގެ މަސައްކަތް ކުރަމުންއަންނަކަމަށް ބުންޏެވެ. އަދި އެ ފިޔަވަޅުގެ ސަބަބުން އެމެރިކާގެ ޑޭޓާ ޗައިނާގެ އަތްނުފޯރާފަށުގައި ބެހެއްޓޭނެކަމަށް ބުންޏެވެ.

އޮސްޓުރޭލިއާގެ އެޓާނީ ޖެނެރަލް މާކް ޑުރޭފަސް ނެރުއްވި ބަޔާނެއްގައިވާގޮތުން، އިންޓެލިޖެންސް އަދި ސެކިއުރިޓީ އިދާރާތަކުގެ ލަފާގެ މަތިން، ޓިކް-ޓޮކް މަނާކުރުމުގެ ގަވައިދު ވަރަށް އަވަހަށް ތަންފީޒްކުރެވޭނެކަމެވެ.

ފައިވް-އައިސް އިއްތިހާދުގެ އިތުރުން، ޔޫރަޕިއަން ޕާލިމެންޓް، ޔޫރަޕިއަން ކޮމިޝަން، އަދި އީޔޫ ކައުންސިލުންވެސް، އެ މުއައްސަސާތަކުގެއާއި އަދި އެ މުއައްސަސާތަކުގެ މުވައްޒަފުންގެ ޑިވައިސްތަކުގައި ޓިކް-ޓޮކް ގެންގުޅުން މަނާކުރިއެވެ. ހަމައެއާއިއެކު، ޔޫރަޕިއަން ޕާލިމެންޓްއިން ތަންފީޒްކުރި ގަވައިދުގައި އެ މުއައްސަސާގެ ގާނޫނުހަދާ ބޭފުޅުންނާއި މުވައްޒަފުންގެ އަމިއްލަ ޑިވައިސްތަކުގައިވެސް ޓިކް-ޓޮކް ނުގެންގުޅުމަށް އިލްތިމާސްކުރެއެވެ.

އިންޑިއާގައިވެސް ޗައިނާއަށް ނިސްބަތްވާ ޓިކް-ޓޮކް އެޕް މުޅި ގައުމަށް މަނާކުރިއެވެ. ޓިކް-ޓޮކްގެ އިތުރުން ޗައިނާއަށް ނިސްބަތްވާ އެޕުތައް 2020 ގައި، ސެކިއުރިޓީ އަދި ޕުރައިވަސީ ރައްކާތެރިކަމާއި ގުޅިގެން އެގައުމުގައި މަނާކުރިއެވެ.

އެމެރިކާގައިވެސް ޓިކް-ޓޮކް މަނާކުރިތާ ދުވަސްކޮޅެއް ވެއްޖެއެވެ. އެމެރިކާއިން އެ ގަވާއިދު ތަންފީޒުކުރުމާއި ގުޅިގެން ޗައިނާގެ ހަރުކަށި ފާޑުކިޔުން އެމެރިކާއަށް އަމާޒުވިއެވެ. ބާރުގެ ނާޖާއިޒު ފައިދާ ނަގައިގެން އެހެން ގައުމުތަކުގެ ވިޔަފާރިތަކަށް އެމެރިކާގައި ތަރައްގީވުމުގެ ފުރުސަތު ގަސްތުގައި ނަގާލަނީކަމަށް ޗައިނާއިން ބުނާއިރު، އެމެރިކާގެ 50 ސްޓޭޓަކުންނާއި، އަދި ކޮންގުރެސްއާއި ޔޫއެސް އާމްޑް ފޯސަސްގެ ރަސްމީ ޑިވައިސްތަކުގައި ޓިކް-ޓޮކް ގެންގުޅުން މަނާކޮށްފައިވެއެވެ.

މި ލިއުމާއި ގުޅޭ