ޗައިނާގެ ފަތުރުވެރިއަކު ގެއްލިގެން ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނެއް ފަށާފައިވާކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
އިއްޔެއިން ފެށިގެން ޚަބަރެއް ނުވެގެން ހޯދަމުން އަންނަ އެފަތުރުވެރިޔާ ގެއްލުނު ކަމަށް ބެލެވެނީ ފީނަން ދިޔަފަހުން ކަމަށް އެމްއެމްޑީއެފުން މައުލޫމާތު ދެއެވެ.
އެމްއެންޑީއެފުން ބުނެފައިވާގޮތުގައި އެ ފަތުރުވެރިޔާއަކީ ހިލްޓަން މޯލްޑިވްސް އަމީންގިރި އެންޑް ސްޕާގައި ޗުއްޓީ ހޭދަކުރަމުންދިޔަ ފަތުރުވެރިއެކެވެ.
ރިސޯޓުތަކުގައި ވަރަށް ގިނައިން މިފަދަ ހާދިސާތައް ހިނގައިގެން އެމްއެންޑީއެފްއަށް ރިޕޯޓު ކުރެއެވެ.