Monday 21st Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިކުއެޑޯ

އިންތިޒާމީ ގޮތެއްގައި ކުށްކުރުން ބޮޑު ސަރަހައްދުތަކުގައި، އިކުއެޑޯގެ ރައީސް ކުއްލި ހާލަތު އިއުލާނުކުރައްވައިފި

އިކުއެޑޯގެ މައި ބަނދަރު ހިމެނޭހެން މަސްތުވާތަކެއްޗާ ގުޅުންހުރި ކުށްތައް އިތުރުވެފައިވާ ބައެއް ސަރަހައްދުތަކުގައި ކުއްލި ނުރައްކަލުގެ ހާލަތު އެ ޤައުމުގެ ރައީސް އިއުލާނުކުރައްވައިފިއެވެ.

އެ ޤައުމުގެ ރައީސް ގުއިލްލާމޯ ލައްސޯ ނެރުއްވި ކުއްލި ނުރައްކަލުގެ ޤަރާރުގެ ދަށުން ސަލާމަތީ ބާރުތަކަށް ޗެކް ޕޮއިންޓުތައް ބަހައްޓައި ކޯޓު އަމުރެއް ނެތި މީހުންނާއި މުދާ ބަލައި ފާސްކުރުމުގެ ބާރު ލިބޭނެއެވެ.

ހޮނިހިރުދުވަހު ޓީވީ މެދުވެރިކޮށް ޤައުމާ މުޚާތަބުކުރައްވަމުން ގުއިލްލާމޯވަނީ އެ ޤައުމުގެ މައި ބަނދަރާއި އެ ބަނދަރާ ކައިރި ދެ އަވަށެެއްކަމަށްވާ ޑުރާން އާއި ސަމްބޮރޮންޑޮންގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރައްވާފައެވެ. އޭގެ އިތުރަށް ސެންޓަ އެލީނާ އަދި ލޮސް ރިއޮސް ޕްރޮވިންސްގައިވެސް ކުއްލި ހާލަތު ހިންގަވާނެކަން އިއުލާނުކުރެއްވިއެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާ ސަރަހައްދުތަކުގައި މެންދަމު 1:00 އިން ފެށިގެން ފަތިހު 5:00 އާ ހަމައަށް ކާފިއު ހިންގުމަށް ނިންމަވާފައިވާކަންވެސް ލައްސޯ އިއުލާނުކުރައްވިއެވެ.

ގުއަޔަކުއިލް ބަނދަރާއި އެ ބަނދަރުގެ ވަށައިގެންވާ ސަރަހައްދުގައި އިންތިޒާމުވެގެން ހިންގާ ތަފާތު އެކި ކުށްތަކާ ގުޅިގެން ގިނަ އަދަދެއްގެ ބަޔަކު މަރުވަމުންދާތީ މީގެ ކުރިންވެސް ތިން ފަހަރެއްގެ މަތިން އެ ސަރަހައްދުގައި ކުއްލި ނުރައްކަލުގެ ހާލަތު ހިންގިއެވެ.

އަލަށް އިއުލާނުކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތު ހިންގަވާނީ ކިހައި ދުވަހަކަށްކަން ލައްސޯ ވިދާޅުނުވެއެވެ. ނަމަވެސް ޤަވާއިދުން ބޭރުވުމާއި މަސްތުވާތަކެތީގެ ވަގުފާރުކުރުމާއި، އިންތިޒާމުވެގެން ހިންގާ ކުށްތަކަކީ މުޅި ޤައުމު އެކަތިގަނޑެއްގެ ގޮތުގައި ހައްލުކުރަން މަސައްކަތްކުރަންޖެހޭ މައްސަލައެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

ކޮކެއިން އުފެއްދުމަށް މަޝްހޫރު ދެ ޤައުމުކަމަށްވާ ކޮލަމްބިއާއާއި ޕެރޫގެ ދެމެދުގައި ފިތިފައި އޮންނަ އިކުއެޑޯގައި ފާއިތުވި ދުވަސްތަކުގައި އަނިޔާވެރި ޖަރީމާތައް ހިންގާ މިންވަރު އިތުރުވެފައިވެއެވެ. ސަރުކާރުން ބުނާ ގޮތުގައި އެއީ ވާދަވެރި ގޭންގުތަކެއްގެ މެދުގައި "ސަރަހައްދު ބޮޑުކުރުމަށް ހިންގާ ހަނގުރާމައެއްގެ" ސަބަބުން ހިނގާ ހަމަނުޖެހުންތަކެވެ.

ޔޫރަޕާއި އެމެރިކާއަށް ބޭރުކުރާ މަސްތުވާތަކެތި އެ ޤައުމުތަކަށް ފޯރުކުރުމަށް ބޭނުންކުރާ މައިގަނޑު އެއް މަރުކަޒުކަމުގައި އިކުއެޑޯވަނީ ވެފައެވެ.

މި ލިއުމާއި ގުޅޭ