Tuesday 26th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ

އިސްލާހުކުރުމާ ގުޅޭ ގޮތުން އިމްރާން ދެއްކެވި ވާހަކަފުޅާއެކު އަނެއްކާވެސް ގިނަ ބައެއްގެ ފާޑުކިޔުން

އިސްލާހުކުރުމާ ގުޅޭ ގޮތުން ހޯމް މިނިސްޓަރު ޢިމްރާން ޢަބްދުﷲ ދެއްކެވި ވާހަކަފުޅަކާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އޭނާއަށް އަމާޒުވެއްޖެއެވެ.

އަދާލަތު ޕާޓީގެ ރައީސްގެ މަޤާމުގައިވެސް ހުންނެވި އިމްރާނު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ, ޚިޔާލީ ދުނިޔޭގައި ކަންކަން އިސްލާހުކުރުމާއި އަމަލީ ދުނިޔޭގައި ކަންކަން އިސްލާހުކުރުމަކީ ވަރަށް ތަފާތު ދެ ކަމެއް ކަމުގައެވެ.

އިތުރަށް ވިދާޅުވީ ޚިޔާލީ ދުނިޔެ މީހަކަށް އިސްލާހުކޮށްލެވިދާނެ ކަމަށެވެ. އެހެންނަމަވެސް އަމަލީ ދުނިޔެ އިސްލާހުކުރުމަކީ އިލްމާއި ހިލްމާއެކީ، ވަރުގަދަ އަޒުމާއި ހިއްވަރާއި ހިކުމަތު އަމަލީއާއި ކެތްތެރިކަން އިސްކޮށްގެން ކުރެވޭ ކަމެއް ކަމަށްވެސް އިމްރާން ވިދާޅުވިއެވެ.

އިމްރާންގެ މި ޓުވީޓަކީ އިމްރާނުގެ ބޮޑު ހިއްސާއެއް އޮތް މި ސަރުކާރުގެ ތެރެއިން ހިނގާ ނޭނގާނީ ކަންކަމާ ގުޅިގެން އިމްރާނަށް އަމާޒުވާ ފާޑުކިޔުންތަކަށް ނުސީދާ ގޮތެއްގައި ދިން ޖަވާބެއްކަމަށް ބެލެވެއެވެ.

އިމްރާނު ކުރައްވާ ޓުވީޓުތަކަށް އާންމުންގެ ފާޑުކިޔުން އަމާޒުވާތީ އޭނާވަނީ އެ ޓުވީޓުތަކަށް މީހުންނަށް ޖަވާބުނުދެވޭ ގޮތް ހައްދަވާފައެވެ. އެހެންވެ އެ ޓުވީޓު ރިޓުވީޓުކޮށް ގިނަ ބަޔަކު އަންނަނީ އިމްރާނާމެދު ހުރި ނުރުހުން ފާޅުކުރަމުންނެވެ.

އެކަކު ފާހަގަކުރީ އިލްމާއި ހިލްމުގެ ވާހަކަ އިމްރާނު ދައްކަވާއިރު މި ފާއިތުވި ހަތަރު އަހަރު އަދި ކުރިއަށް އޮތް ފަސް އަހަރަށް އިމްރާން ތާއީދުކުރައްވައި، އެތައް ހުޝާމަތެއް ކުރައްވަމުންދަނީ އިލްމެއް ހިލްމެއް ނެތް ބޭފުޅަކަށް ކަމަށެވެ.

އިތުރު މީހަކުވަނީ އިމްރާނުގެ ހޯމް މިނިސްޓަރުކަމުގައި މާލޭގައި ހަށިވިއްކާ ތަންތަން އެކި ނަންނަމުގައި ހުޅުވައި މި ބަރަކާތްތެރި ރަމަޟާން މަހުގައިވެސް ފާޅުގައި އެތަންތަން އިޝްތިހާރުކުރާއިރު އެކަން އިމްރާނަށް އިސްލާހުނުވަނީ ކީއްވެތޯ ސުވާލު އުފައްދާފައެވެ.

އިތުރު މީހަކު އިމްރާނުގެ ޓުވީޓު ރިޓުވީޓުކޮށް ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ދެވަނަ ދައުރެއް ނުލިބިއްޖެނަމަ އަދާލަތު ޕާޓީ މަގުމަތިވާނެ ކަމަށެވެ.

އިތުރު މީހަކުވަނީ އިމްރާނު އިދިކޮޅުގައި ހުންނަވައިގެން ކުރީގެ ރައީސް ޢަބްދުﷲ ޔާމީނުގެ އިސްތަށިފުޅުގައި ޑރ.އަފްރާޝީމް އަލީއާއި ނޫސްވެރިޔާ އަޙްމަދު ރިޟްވާނުގެ ޤަތުލު އަޅުއްވައި ދެއްކެވި ހެކިތަކުގެ ވާހަކަ ހަނދާންކޮށްދީފައެވެ.

އިމްރާނަކީ ދޭތެރެެއިން މިފަދަ ކޮންމެވެސް ޓުވީޓެއް ކުރައްވައިގެން މީހުންގެ ސަމާލުކަން ހޯއްދަވާ ބޭފުޅެކެވެ. އިމްރާން ކުރައްވާ ޓުވީޓުތަކާއެކު ގިނަ ބައެއްގެ ފާޑުކިއުން އަބަދުވެސް އޭނާއަށް އަމާޒުވެއެވެ.

މި ލިއުމާއި ގުޅޭ