ރޯދަމަހަށް ހާއްސަކޮށްގެން ކޮންމެ ހަފްތާއަކު އަގުހުރި އިނާމު ހޯދުމުގެ ފުރުސަތު ލިބިގެންދާ ކުއިޒެއް އުރީދޫއިން ފަށައިފިއެވެ.
ކޮންމެ ހުކުރު ދުވަހެއްގައި އުރީދޫގެ ސޯޝަލް މީޑިއާ ޕުލެޓްފޯމްތަކުގައި ބާއްވަން އިންތިޒާމްކޮށްފައިވާ ކުއިޒުގައި ބައިވެރިވުމަށް އެ ހަފްތާއެއްގެ ސުވާލުގައި ކުއިޒުގައި ހުށަހަޅާފައިވާ ސުވާލާއި އަދި ސުވާލާއި އެކީގައި ހުށަހަޅާފައިވާ ފޮޓޯ ޕަޒަލް ބަލާފައި، އެ ސުވާލުގެ ޖަވާބު ފޮޓޯ ޕަޒަލްއިން ހޯދައި ކޮމެންޓެއްގެ ގޮތުގައި ޖަވާބުދޭނީއެވެ.
ކުއިޒް އޮންނަ ހުކުރު ދުވަހުގެ ރޭގަނޑު 11:59 އާއި ހަމައަށް ސުންގަޑި ކަނޑައަޅާފައިވާ އިރު، އެހަފްތާގައި މޮޅުވާ ފަރާތަކަށް ސެމްސަންގެ ގެލެކްސީ ފިޓް 2 އިނާމަކަށް ލިބޭނެއެވެ. ހުރިހާ ހަފްތާއެއްގެ ޖުމްލަ ގުނަކުރުމަށް ފަހުގައި އެންމެ ގިނައިން ރަނގަޅު ޖަވާބު ދެވިފައިއޮތް ފަރާތަކަށް ބޮޑު އިނާމުގެ ގޮތުގައި އައިފޯން 14 ޕުރޯއެއް ލިބޭނެއެވެ.
އަގުހުރި އިނާމު ލިބިގެންދާ މި ހަރަކާތަކީ އުރީދޫއާއި ޕީސް ފައުންޑޭޝަން ގުޅިގެން އިންތިޒާމްކޮށްގެން ބާއްވާ ކުއިޒެކެވެ.