Sunday 16th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޓީއެމްއޭ

ޓީއެމްއޭ އިން އިތުރު ބޯޓެއް ގެނެސްފި

ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އިން އިތުރު ބޯޓެއް ގެނެސްފި އެވެ. ޓީއެމްއޭއިން ބުނީ އަލަށް އިތުރުވި ބޯޓާ އެކު މިހާރު އެކުންފުނީގެ ފްލީޓްގެ އަދަދު 62 އަށް އަރާފައިވާ ކަމަށެވެ.

އެ ކުންފުނީގެ ފްލީޓަށް އިތުރަށް ބޯޓެއް ގެނައީ ކޮވިޑްގެ ފަހުން ރާއްޖޭގެ ޓޫރިޒަމަށް އައި ކުރިއެރުންތަކާ އެކީ، ޓީއެމްއޭގެ ހިދުމަތް ހޯދާ ރިސޯޓްތަކުގެ އަދަދު ވެސް އިތުރުވެ، ކުންފުނީގެ ޑިމާންޑް ބޮޑުވަމުން އަންނާތީ އެވެ.

ޓީއެމްއޭ އިން ބުނީ މި އަހަރު ފެށުނު ފަހުން ވެސް 10 ރިސޯޓަކާ އެކީ އެއްބަސްވުންތައް ހަދާފައިވާ ކަމަށާއި އިތުރަށް ހުޅުވާ ރިސޯޓްތަކާ އެކީ އެ ކުންފުނީގެ ޑިމާންޑް ބޮޑުވާނެ ކަމަށެވެ.

ދުނިޔޭގެ އެންމެ ބޮޑު ސީ ޕްލޭން އޮޕަރޭޓަރު ކަމަށްވާ ޓީއެމްއޭ ދަތުރުކުރަނީ ރާއްޖޭގެ އެކި އެކި ރިސޯޓުތަކަށެވެ. އެހެން ނަމަވެސް ރިސޯޓާއި ގާތުގައި އޮންނަ ބައެއް ރަށްރަށުގެ މީހުން ވެސް ޓީއެމްއޭއިން އުފުލައިދެއެވެ.

ޓީއެމްއޭގެ ސީޕްލޭން ފްލީޓުގައި މި ވަގުތު 62 ބޯޓު ހިމެނޭއިރު އެ ކުންފުނިން ރާއްޖޭގެ އެންމެ ލަގްޒަރީ ރިސޯޓުތަކަށް ވެސް އެ ހިދުމަތްދެމުން އަންނަކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ރާއްޖޭގެ 80 ރިސޯޓަކަށް ޓީއެމްއޭއިން މިހާރުވެސް ދަތުރުތައް ކުރެއެވެ.

ޓީއެމްގެ ހިދުމަތް ރާއްޖޭގައި ދޭތާ މި އަހަރަށް ވަނީ 30 އަހަރުވެފަ އެވެ. އެ ކުންފުނީގެ ހިދުމަތް ފެށީ 1993 ގަ އެވެ.

މި ލިއުމާއި ގުޅޭ