Thursday 8th Jun 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ލޯކަލް ކައުންސިލުތައް

ދިއްތުނޑި ފަތުރުވެރިކަމަށް ތަރައްޤީކުރަން ކޮޅުފުށީ ކައުންސިލުން ހުޅުވާލައިފި

މ.ކޮޅުފުށްޓާ އެއްފަޅެއްގައޮ އޮންނަ މ.ދިއްތުނޑި ފަތުރުވެރިކަމަށް ތަރައްޤީކުރުމަށް ކޮޅުފުށީ ކައުންސިލުން ހުޅުވާލައި، ޝައުޤުވެރިވާ ފަރާތްތަކަށް އެކަން ހާމަކުރުމަށް އިއުލާނުކޮށްފިއެވެ.

ކޮޅުފުށީ ކައުންސިލުން އިއްޔެ ގެޒެޓުކުރި އިއުލާނެއްގައި ބުނި ގޮތުގައި ދިއްތުނޑި ތަރައްޤީކުރަން ހުޅުވައިލަނީ އިންޓަގްރޭޓެޑް ޓުއަރިޒަމްގެ ކޮންސެޕްޓަށެވެ. އެކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ޝައުޤުވެރިވާކަން ބަޔާންކޮށް ލިޔުން ހުށަހެޅުމުގެ ފުުރުސަތު ހުޅުވާލާފައިވާކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ.

ދިވެހި އިންވެސްޓަރުންނާއި ބިދޭސީ އިންވެސްޓަރުންނަށްވެސް އެ މަޝްރޫޢު ހިންގުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ. އަންނަ މަހުގެ 10 ވަނަ ދުވަހުގެ ކުރިން އެ މަޝްރޫޢަށް ޝައުޤުވެރިވާކަން ބަޔާންކުރާ ލިޔުން ހުށަހަޅަންޖެހޭނެއެވެ.

ޝައުޤުވެރިވާކަން ހާމަކުރާ ފަރާތްތަކަށް މައުލޫމާތު ދިނުމުގެ ސެޝަން އަންނަ މަހުގެ 16 ވަނަ ދުވަހުގައި ކޮޅުފުށީ ކައުންސިލުގެ އިދާރާގައި ބާއްވާނެކަމަށް އެ ކައުންސިލުގެ އިއުލާނުގައި ބުނެފައިވެއެވެ.

މޭ މަހުގެ 10 ވަނަ ދުވަހުގައި އެ މަޝްރޫޢަށް ބީލަން ހުށަހެޅުމުގެ ފުުރސަތު ހުޅުވައިލަން ކޮޅުފުށީ ކައުންސިލުން ނިންމާފައިވެއެވެ.

ކޮޅުފުށީ ކައުންސިލުގެ އިޚުތިސާސުގެ ތެރޭގައި އޮންނަ ދިއްތުނޑިއަކީ ކުރިން ވަރުވާއަށް ދީފައި އޮތް ރަށެކެވެ. އެ ރަށުގެ ބޮޑުމިނުގައި 10.9 ހެކްޓަރު ހުރެއެވެ.

މި ލިއުމާއި ގުޅޭ