Thursday 8th Jun 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ގެއްލިގެން ހޯދާ މީހެއް

ކަނޑުހުޅުދޫން ގެއްލިގެން ހޯދި މީހަކު ނިޔާވެފައި މޫދުގައި އޮއްވައި ފެނިއްޖެ

ގއ.ކަނޑުހުޅުދޫން ގެއްލިގެން ހޯދަމުން އައި މީހަކު މޫދުގައި ނިޔާވެފައި އޮއްވައި ފެނިއްޖެކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނި ގޮތުގައި މިއަދު ފަތިހު 4:25 ހާއިރު ގެއިން ނިކުމެގެން ދިޔަ ގޮތަށް ޚަބަރެއް ނުބެގެން ފުލުަހަށް ފަތިހު 4:45 ހާއިރު އަންގާފައިވަނީ، އުމުރުން 24 އަހަރުގެ ފިރިހެނެކެވެ.

ފުލުހުން އިތުރަށް ބުނީ އާއިލާ މީހުންނާއެކު ފުލުހުން އޭނާ ހޯދަމުންދަނިކޮށް ފެނުނީ އޭނާގެ ސައިކަލާއެކު ރަށުގެ ފަޅުތެރޭ މޫދުން ކަމަށެވެ.

މޫދުން ފެނުމާއެކު ރަށުގެ ހެލްތު ސެންޓަރަށް އޭނާ ގެންދިޔަކަމަށާއި، ނަމަވެސް ހެލްތު ސެންޓަރަށް ގެންދިޔައިރުވެސް އޭނާ ނިޔާވެފައިވާކަމަށް ހެލްތު ސެންޓަރާ ހަވާލާދީ ފުލުހުން ބުނެފައިވެއެވެ.

އެ ހާދިސާއާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށްވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

މި ލިއުމާއި ގުޅޭ