Thursday 8th Jun 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން

ރަމަޟާން މަހުގެ ރޭތައް އިހުޔާކުރަން ޕީޕީއެމުން ބާއްވާ ފުރަތަމަ ޖަލްސާ މިރޭ

ރަމަޟާން މަހުގެ ރޭތައް އިހުޔާކުރުމަށް ޕްރޮގްރެސިވް ކޮންގުރެސް ކޯލިޝަނުގެ ފަރާތުން ބާއްވާ ސިލްސިލާ ފޯރަމްތަކުގެ ތެރެއިން މި ރަމަޟާން މަހުގެ ފުރަތަމަ ޖަލްސާ މިރޭ ބާއްވަން ނިންމައިފި އެވެ.

އެ ފޯރަމް އޮންނާނީ މިރޭ 21:30 ގައި ޕީޕީއެމް އޮފީހުގަ އެވެ.

"ރަމަޟާން މަހަކީ ކާމިޔާބީގެ މައްސަރަވެ" މި މައުޟޫއަށް ހާއްސަކޮށްގެން މިރޭ ދަރުސް ދެއްވާނީ އައްޝައިހް އިބްރާހީމް އަހްމަދު އެވެ.

މިދިޔަ ރަމަޟާން މަހުވެސް އިދިކޮޅުން ވަނީ އިހުޔާކުރުމުގެ ޖަލްސާތައް ބާއްވާފަ އެވެ. އިހްޔާ ޖަލްސާތައް އޮންނާނީ ރަމަޟާން މަހުގެ ކޮންމެ ހަފްތާއަކު އެއްފަހަރުއެވެ.

ޕީއެންސީގެ ނައިބުރައީސް އިބްރާހީމް ޝުޖާއު ވިދާޅުވި ގޮތުގައި މި ޖަލްސާތަކަކީ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިރުޝާދުފުޅުގެ މަތިން ބާއްވަމުން އަންނަ ޖަލްސާތަކެކެވެ.
މި ލިއުމާއި ގުޅޭ