Thursday 8th Jun 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެމްބަރު މުހައްމަދު ވަހީދު (ވައްޑެ(

"މަޖިލިސް އިންތިހާބުގައި ރައީސް އެމްޑީޕީގެ ކެންޑިޑޭޓުންނާ ދެކޮޅަށް މަސައްކަތްކުރި"

މި ދައުރުގެ މަޖިލިސް އިންތިހާބުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، އެމްޑީޕީގެ ބައެއް މެންބަރުންނާ ދެކޮޅަށް މަސައްކަތް ކުރެއްވިކަން ހަނދާން ބަހައްޓަންޖެހޭ ކަމަށް އުނގޫފާރު ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހީމް ވަހީދު (ވައްޑެ) ވިދާޅުވެއްޖެ އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ޓިކެޓު ރައީސް އިބްރާހީމަށް އަރުވާފައިވީ ނަމަވެސް، ޕްރައިމަރީން ލިބުނު ނާކާމިޔާބީއަށްފަހު ޕާޓީގެ ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނަށް ސަޕޯޓުކުރާ މެންބަރުން އަންނަނީ ރައީސަށް ފާޑުވިދާޅުވަމުންނެވެ.
ވައްޑެ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ 2019 ވަނަ އަހަރު މަޖިލިސް އިންތިހާބުގައި އެމްޑީޕީން ވަކިން ވާދަކުރަން ގައުމީ މަޖިލިސް އިއްތިފާގުން ނިންމައި، ދާއިރާތަކުގައި ޕްރައިމަރީތައް ބާއްވައި ކެންޑިޑޭޓުން ހޮވާފައި ވަނިކޮށް، ރައީސް އިބްރާހީމް އެމްޑީޕީގެ ބައެއް ކެންޑިޑޭޓުންނާ ދެކޮޅަށް މަސައްކަތް ކުރެއްވި ކަމަށެވެ. އަދި އެކަން ހަނދާންކުރަންޖެހޭ ކަމަށް ވިދާޅުވި އެވެ.
އޭނާ އިޝާރާތްކުރެއްވީ މަޖިލިސް އިންތިހާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ދެކޮޅަށް ނުކުތް 13 މެންބަރުންގެ ތެރެއިން ބައެއް މެންބަރުންނަށް ރައީސް އިބްރާހީމް ކެމްޕެއިން ކޮށްދިނީ އެ ދާއިރާތަކަށް ނުކުތް އެމްޑީޕީ މެންބަރުންނާ ދެކޮޅަށް ކަމެވެ.

ނިމިދިޔަ އެމްޑީޕީގެ ޕްރައިމަރީން ލިބިވަޑައިގެން ނާކާމިޔާބީއަށްފަހު، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު، ރައީސް އިބްރާހީމްގެ ފަހަތްޕުޅަށް ނާރުއްވާނެ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

އެގޮތުން އަންނަ ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބުގައި ރައީސް ނަޝީދާއި އެމަނިކުފާނުގެ "ފިކުރެއްގެ ދިރުން" ފެކްޝަނުން ތާއީދުކުރަން ނިންމާފައިވަނީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހީމް އަށެވެ.

ރައީސް ނަޝީދުގެ އަރިސް ބޭފުޅުން ވިދާޅުވާ ގޮތުގައި އެބޭފުޅުން މަސައްކަތް ކުރައްވަމުން އެ ގެންދަވަނީ އެމްޑީޕީއަށް އެންމެ ފައިދާވާނެ ގޮތް ހޯދައިދިނުމަށެވެ. އެގޮތުން މިހާރު ޖޭޕީއާއެކު ކޯލިޝަން ހެދުމުގެ މަސައްކަތް ފިކުރެއްގެ ދިރުމުން ފަށާފައިވާއިރު، ރައީސް އިބްރާހީމް ވަނީ އެމްޑީޕީގެ ތެރެއިން ރައީސް ނަޝީދަށް ވަކި ފެކްޝަނެއް ނުހެދޭނެ ކަމަށް ވިދާޅުވެފަ އެވެ.

މި ލިއުމާއި ގުޅޭ