Sunday 25th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޑޮނަލްޑް ޓްރަމްޕް

ޑޮނާލްޑު ޓުރަމްޕުގެ މައްޗަށް ދައުވާކުރަން ނިއުޔޯކުގެ ގްރޭންޑް ޖޫރީއަކުން ވޯޓުދީފި

ބަރަހަނާ ފިލްމުކުޅޭ އަންހެނަކަށްއެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓުރަމްޕު ފައިސާ ދިންކަމަށް ތުހުމަތުވާ މައްސަލާގައި އޭނާގެ މައްޗަށް ދައުވާކުރުމަށް ފެންނަކަމަށް ނިއުޔޯކުގެ ގްރޭންޑް ޖޫރީއަކުން ކަނޑައަޅައިފިއެވެ.

އެމެރިކާގެ ޝަރުއީ ނިޒާމުގައި ގްރޭންޑް ޖޫރީއަކީ މީހެއްގެ މައްޗަށް ޖިނާއީ ދައުވާއެއް އުފުލުމުގެ ކުރިން އެމީހަކު ކުށްކުރިކަމަށް ބެލެވޭނެ އެކަށީގެންވާ ސަބަބު ނުވަތަ "ޕްރޮބަބަލް ކޯޒް" އޮތްކަމަށް ކަނޑައަޅާ ޖޫރީއެވެ.

ޖިނާޔާތު (ފެލަނީ) ދަރަޖައިގެ ކުށެއްގެ ދައުވާކުރުމަށް އެދި ގްރޭންޑް ޖޫރީއަށް ހުށަހެޅުއްވީ މެންހަޓަން ޑިސްޓްރިކްޓުގެ އެޓާނީ އޮފީހުންނެވެ. ބެލެވޭ ގޮތުގައި ޓްރަމްޕުގެ މައްޗަށް އުފުލާ ދައުވާގެ ތަފުސީލުތައް އެ އޮފީހުން ކުރިއަށް އޮތް ދުވަސްތަކުގައި ހާމަކުރާނެއެވެ.

އޭނާގެ މައްޗަށް ދައުވާކުރުމަށް ނިންމި ނިންމުމާއެކު ޓުރަމްޕުވަނީ އެ ނިންމުމަކީ ސިޔާސީ ގޮތުން ނިންމާފައިވާ ނިންމުމެއްކަމަށް ވިދާޅުވެ ޕްރޮސެކިއުޓަރުންނާއި އޭނާގެ ސިޔާސީ ވާދަވެރިންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

"މިއީ ތާރީޚުންވެސް ފެންނަ، ސިޔާސީ އަނިޔާވެރިވުމާއި އިންތިޚާބަށް ނުފޫޒު ފޯރުވުމުގެ އެންމެ މަތީ ދަރަޖައިގެ އަމަލެއް. އަޅުގަނޑު އެމެރިކާގެ ރައީސްކަމުގެ ހުވައިކުރުމުގެ ކުރިން، ބުރަ މަސައްކަތްކުރާ މި ޤައުމުގެ އަންހެނުންނާއި ފިރިހެނުންގެ އަދުއްވުންކަމަށްވާ ވާތުފިޔައިގެ ހައްދުފަހަނައެޅި ޑިމޮކްރެޓުންވަނީ "ވިޗް ހަންޓް"އެއް ފަށާފައި،" ޓުރަމްޕު ނެރުއްވި ބަޔާނެއްގައި ވިދާޅުވިއެވެ.

ދައުވާކުރުމަށް ގްރޭންޑް ޖޫރީން ނިންމިތާ ކުޑަ ހިނދުކޮޅެއް ފަހުން ޓުރަމްޕު ނެރުއްވި ބަޔާނުގައި އޭނާ ވަނީ ބަދަލުހިއްޕަވާނެކަމަށާއި 2024 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރައްވައި އަލުން ވައިޓްހައުސަށް ވަޑައިގަންނަވާނެކަމަށް ވިދާޅުވެފައެވެ.

"ޓުރަމްޕު އަތުލައިގަތުމަށް" ޑިމޮކްރެޓުން ފެންބޮވައިގަނެފައިވާ މިންވަރުގެ ބޮޑުކަމުން ދޮގުހަދައި މަކރައުހަދައި، ވައްކަންކޮށްފައިވާ ކަމަށާއި، ނަމަވެސް މިހާރު އިންތިޚާބެއްގެ ތެރެއަށް ނުފޫޒު ފޯރުވުމުގެ ގަސްތުގައި މުޅިން މައުސޫމު މީހެއްގެ މައްޗަށް ދައުވާކުރަން ނިންމައި ކުރިން ޚިޔާލަށްވެސް ގެނެވިފައި ނެތް ގޯސް ހަދާފައިވާކަމަށް ޓުރަމްޕު ވިދާޅުވިއެވެ.

މި ފިޔަވަޅަކީ ޖޯ ބައިޑަންއަށް ބޮޑުތަނުން ގެއްލުންވާނެ ފިޔަވަޅެއްކަމަށް ސިފަކުރައްވައި ޓުރަމްޕު ވިދާޅުވީ، އިންތިޚާބުގައި ބައިޑަން ބަލިކުރައްވައި ހުރިހާ ޑިމޮކްރެޓުން މިހާރު ތިބި މަޤާމުތަކުން ބޭރުކުރައްވާނެ ކަމަށެވެ.

މިއާއެކު ޓުރަމްޕުވާނީ އެމެރިކާގެ ތާރީޚުގައިވެސް ޖިނާއީ ދައުވާއަކާ ކުރިމަތިލައްވަންޖެހިވަޑައިގަންނަވާ ފުރަތަމަ ރައީސަށެވެ. އަދި މި ދައުވާގެ ސަބަބުން ކުރިއަށް އޮތް 2024 ވަނަ އަހަރުގެ އެމެރިކާގެ ރިޔާސީ އިންތިޚާބަށް ވަރަށް ބޮޑަށް އަސަރުކުރާނެއެވެ.

ޓުރަމްޕަށް ދައުވާކުރަނީ ބަރަހަނާ ފިލްމުކުޅޭ އަންހެނެއްކަމަށްވާ ސްޓޯމީ ޑެނިއަލްސްއަށް 2016 ވަނަ އަހަރު 130،000 ޑޮލަރު ދެއްވިކަމަށެވެ. އެ ފައިސާއަކީ އޭގެ 10 ވަރަކަށް އަހަރުކުރިން ޓުރަމްޕާއިން ޑެނިއަލްސްގެ މެދުގައި އޮތް ގުޅުމެއްގެ ވާހަކަނުދެއްކުން ޝަރުތުކޮށް ދިން ފައިސާކަމަށްވެސް ތުހުމަތުވެއެވެ.

މި ލިއުމާއި ގުޅޭ