Thursday 8th Jun 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެމްޑަބްލިއުއެސްސީ

އެމް.ޑަބްލިޔު.އެސް.ސީގެ އެމްޑީވެސް ޖޭޕީން ވަކިވެވަޑައިގަންނަވައިފި

މާލޭ ވޯޓާ އެންޑް ސުވަރޭޖު ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެންފި އެވެ.

ޝާހު އަކީ ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ކައުންސިލްގެ އިތުރުން އެ ޕާޓީގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ބޭފުޅެކެވެ. ޝާހް އިސްތިއުފާ ދެއްވަމުން ޖޭޕީގެ ލީޑަރަށް ފޮނޮވި ސިޓީގައި ވިދާޅުވެފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ދައުރުގައި ދައްކަވައި ދެއްވާފައިވަނީ ގައުމުގެ ހަމަޖެހުމާއި, އަސާސީ ޚިދުމަތް ފޯރުކޮށްދިނުމާއި ތަރައްގީ ކަމަށެވެ. އެހެންކަމުން އަންނަ ރިޔާސީ އިންތިޚާބުގައި ރައީސް ސޯލިހްގެ ފަހަތުގައި ހުންނަވަން ނިންމަވާފައިވާ ކަމަށް ޝާހްގެ ސިޓީގައި ވިދާޅުވެފައިވެއެވެ.

ޝާހް އިސްތިއުފާ ދެއްވާފައިވާއިރު، އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވެސް ވަނީ ޖޭޕީއިން ވަކިވެ ވަޑައިގަންނަވައިފައެވެ. ޢާޒިމް ވަނީ ގާސިމްގެ އެޑްވައިޒަރުގެ މަޤާމުން އިސްތިއުފާދެއްވައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާއީދުކުރައްވަން ނިންމަވައިފައެވެ.

އާޒިމް ވެސް އިސްތިއުފާ ދެއްވަމުން ވިދާޅުވެފައިވަނީ ރާއްޖޭގައި ހަމަޖެހުމާއި ސުލްހަމަސަލަސްކަން ދެމެހެއްޓެވޭނެ ވެރިއަކީ ރައީސް އިބްރާހީމުކަމަށް ދެކެވަޑައިގަންނަވާކަމަށެވެ. އެފަދައިން ޤަބޫލުކުރައްވާއިރު ޖުމްހޫރީ ޕާޓީން ރިޔާސީ ކެނޑިޑޭޓަކު ނެރެ އެ ޕާޓީ އިސްވެ އޮވެ ކޯލިޝަނެއް ހެދުމަށް ނިންމާފައިވުމާއެކު ޤާސިމްގެ އެޑްވައިޒަރުގެ މަޤާމުގައި ހުންނެވުމަކީ ރަނގަޅު ގޮތްކަމަށް ފެނިވަޑައިނުގަންނަވާތީ އެ މަޤާމުން އިސްތިއުފާދެއްވަން ނިންމެވީ ކަމަށެވެ.

އާޒިމް ޖޭޕީގެ ލީޑަރުގެ އެޑްވައިޒަރުގެ މަޤާމުން އިސްތިއުފާދެއްވާފައިވާއިރު ޖުމްހޫރީ ޕާޓީގެ އިސްވެރިންގެ ތެރެއިން ސަރުކާރުގެ އެކި މަޤާމުތަކުގައި ތިއްބެވި ގިނަ ބޭފުޅުންތަކެއް ޕާޓީން ވަކިވެވަޑައިގެން ރައީސް އިބްރާހީމާ ގުޅިވަޑައިގަންނަވާނެކަމަށް އެމަނިކުފާނަށް ތާއީދުކުރައްވާ މަޖިލިސް މެންބަރުން އަންނަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

ރައީސް އިބްރާހީމްވަނީ ސަރުކާރުގެ ވެރިންގެ ތެރެއިން އެމަނިކުފާނަށް ތާއީދުނުކުރައްވައި އެހެން ކެނޑިޑޭޓުންނަށް ތާއީދުކުރައްވާ ބޭފުޅުން މަޤާމުތަކުން ވަކިކުރައްވަން ފައްޓަވާފައެވެ. އެގޮތުން އެސްޓީއޯގެ އެމްޑީ ހުސައިން އަމްރުއާއި ރައީސް އޮފީހުގެ މިނިސްޓަރުގެ މަޤާމުން އެމްޑީޕީގެ ނައިބުރައީސް މުހައްމަދު ޝިފާޒު ވަކިކުރައްވާފައިވެއެވެ.

މިހާތަނަށް ރައީސް މަޤާމުތަކުން ވަކިކުރައްވާފައިވަނީ މުޅިންވެސް އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ހިންގަވާ "ފިކުރެއްގެ ދިރުން" ހަރަކާތަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅުންނެވެ. ޖޭޕީގެ ބޭފުޅުން އަދި މަޤާމުތަކުން ވަކިނުކުރައްވައެވެ.
މި ލިއުމާއި ގުޅޭ