Thursday 8th Jun 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކ.ގުރައިދޫ

އިންތިޚާބާ ދިމާކޮށް މާފުށިން ގޯތި ދޫކުރަނީ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނާ ދިމާކޮށް ކ. މާފުށިން ގޯތި ދޫކުރަން ސަރުކާރުން ނިންމައިފިއެވެ.

މާފުށިން ދޫކުރުމަށް ނިންމާފައިވަނީ 2000 އަކަފޫޓުގެ 308 ގޯއްޗެވެ. ގޯއްޗަށް އެދި އެޕްރިލް މަހުގެ ދެވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ 15 ވަނަ ދުވަހާ ހަމައަށް ވަނީ ފުރުސަތު ހުޅުވައިލައިފައެވެ.

ގޯއްޗަށް އެދި ހުށަހަޅަން ޖެހޭ ފޯމް ގެޒެޓް ކުރެވިފައިވާ ކަމަށް ވެސް މާފުށި ކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ. ކޮންމެ އިންތިޚާބަކާ ދިމާކޮށް ސަރުކާރުން މިފަދަ ކޮންމެވެސް މަޝްރޫއެއް ހިންގައެވެ.

އެގޮތުން ބައެއް އިންތިޚާބުތަކާއި ދިމާކޮށް ބައެއް ރަށްރަށުގައި ފެށި ގިނަ މަޝްރޫއުތަކެއް ހުއްޓިފައިވާ ކަން ފާހަގަ ކޮށްލެވެއެވެ.

ކ. ގުރައިދޫ ދާއިރާގެ ގޮނޑި ހުސްވީ، ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް އެދާއިރާގެ މެމްބަރު އިބްރާހީމް ރިޒާ މިދިޔަ މަހުގެ 23 ގަ އަވަހާރަވުމާއި ގުޅިގެންނެވެ.

ހުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި ތިން ޕާޓީއަކުން ވާދަކުރުމަށް ވަނީ ނިންމައިފައެވެ. އެ ގޮނޑިއަށް ވާދަކުރަނީ ޕީޕީއެމް އާއި އެމްޑީޕީ އަދި އެމްއެންޕީއެވެ.

އެގޮނޑިއަށް ޕީޕީއެމްގެ ޓިކެޓް ދީފައިވަނީ މެމްބަރު އިބްރާހިމް ރިޒާގެ ކޮއްކޮ، ހުސައިން ރިޒާ އަށެވެ.

މި ލިއުމާއި ގުޅޭ