Thursday 8th Jun 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފުޓުބޯޅަ

ބްރެޒިލްގެ ކޯޗުކަން ބޭނުމެއް ނޫން: އެންރީކޭ

ދުނިޔޭގެ ޗެމްޕިއަންކަން ފަސް ފަހަރު ހޯދާފައިވާ ބްރެޒިލްގެ ކޯޗުކަން ބޭނުންނުވާ ކަމަށާއި، އެފަދަ ހުށަހެޅުމެއް ވެސް ނުލިބޭކަމަށް ފީފާ ވޯލްޑް ކަޕްގައި ސްޕެއިނަށް އިރުޝާދުދިން ލުއިސް އެންރީކޭ ބުނެފި އެވެ.

ވޯލްޑް ކަޕްގެ ދެވަނަ ބުރުގައި ސްޕެއިން ކެޓީ މޮރޮކޯއާ ވާދަކޮށެވެ. އެ މުބާރާތަށް ފަހު އެންރީކޭ ވަނީ ސްޕެއިންގެ ކޯޗުކަމުން ވަކިވެފަ އެވެ. އެންރީކޭ މިހާރު އަންނަނީ ކޯޗިންގައި މަސައްކަތްކުރާނެ ރަނގަޅު ފުރުސަތަކަށް ބަލަމުންނެވެ. އެންރީކޭ ބުނީ ގައުމީ ޓީމުތަކުން ހުށަހެޅުން ލިބުނު ކަމަށާއި، އެކަމަކު ބްރެޒިލް އިން އޭނާ އަށް އެއްވެސް ހުށަހެޅުމެއް ނުލިބޭ ކަމަށެވެ.

"އަހަރެން ބްރެޒިލްގެ ކޯޗުކަމަށް ފިޓެއް ނުވޭ. ބްރެޒިލުން އަހަރެންނަށް ހުށަހެޅުމެއް ނުވެސް ލިބޭ. އެ މަގާމަށް ފިޓްވާ މާ ރަނގަޅު މީހުން އެބަތިބި" ބްރެޒިލްގެ ކޯޗުކަމާ ގުޅުވައިގެން ދެކެވޭ ވާހަކަތަކަށް ރައްދު ދެމުން އެންރީކޭ ބުންޏެވެ.

ކުރިން ބާސެލޯނާގައި ކާމިޔާބީތައް ހޯދީ އެންރީކޭ މިހާރު ބޭނުންވަނީ ޕްރިމިއާ ލީގުގެ ކްލަބަކަށް އިރުޝާދޭން ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

ޓޮޓެންހަމް ހޮޓްސްޕާގެ ކޯޗުކަމުން އެންޓޯނިއޯ ކޮންޓޭ ވަކިކުރުމާ އެކު އެ މަގާމް ފުރަން އެންރީކޭއާ ހަވާލުކުރަން އުޅޭކަމުގެ ވާހަކަތަކެއް މީޑިއާގައި މިހާރު އަންނަނީ ދައުރުވަމުންނެވެ. އެކަމަކު އެންރީކޭ ވަނީ އެކަމާ ވާހަކަދައްކަން ދެކޮޅު ހަދައިފަ އެވެ.

"އިންގްލެންޑުގައި ކޯޗުކަން ކުރަން އަހަރެން ބޭނުންވޭ. އެކަމަކު ޖުލައިގެ ކުރިން އެކަމެއް ނުވާނެ. އަހަރެން ބޭނުންވަނީ ރަނގަޅު ހުށަހެޅުންތަކާ އެކު މުހިއްމު ކަންކަން ކުރެވޭނެ ޓީމަކަށް ދާން. ޕްރިމިއާ ލީގުން ކޮންމެ ކޮންމެ ޓީމަކަށް ނުދާނަން" އެންރީކޭ ބުންޏެވެ.

އެންރީކޭ ބުނީ ގައުމީ ޓީމުތަކުން ފުރުސަތު ލިބުނަސް އޭނާގެ މިހާރު ވިސްނުން ހުރީ ކްލަބް ފުޓްބޯޅަ އަށް ކަމަށެވެ.

މި ލިއުމާއި ގުޅޭ