Wednesday 4th Oct 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ސްޓެލްކޯ

ސްޓެލްކޯއިން ނޫސްތަކަށް މަހަކު 6 ލައްކައަށްވުރެ ގިނަ ރުފިޔާ!

މާލެ ސަރަހައްދުގައި ކަރަންޓުގެ ހިދުމަތް ދިނުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައި އޮންނަ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ސްޓެލްކޯއިން މަހެއްގެ މައްޗަށް އެކި އެކި ނޫސްތަކަށް 6 ލައްކައަށްވުރެ ގިނަ ރުފިޔާ ދެމުން އަންނަ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

ސަރުކާރު ކުންފުނިތަކުގެ ތެރެއިން ސްޓެލްކޯ އަކީ އެންމެ ގިނަ އަދަދަކަށް ނޫސްތަކުން ފައިސާ ދެމުން އަންނަ ކުންފުންޏެވެ. މިގޮތުން "ދިޔަރެސް" އަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު ސްޓެލްކޯއިން ކޮންމެ މަހަކު 630،600.00 ރުފިޔާ ތަފާތު 29 ނޫހަކަށް ދެއެވެ. އޭގެތެރެއިން ގިނަ ނޫސްތަކަކީ ގަވާއިދުން އަޕްޑޭޓުވެސް ނުވާ ނޫސްތަކެވެ. އަދި ވަރަށް ގިނަ ނޫސްތަކަކީ ސަރުކާރުގެ ސިޔާސީ އެކި ފަރާތްތަކާއި ކޮންމެވެސް ގޮތަކަށް ގުޅުން އޮންނަ ނޫސްތަކެވެ.

ސްޓެލްކޯ އިން ހަރަދުކުރާ ނޫސްތައް

  • 1. ރާއްޖެޓީވީ: 101,886.79
  • 2. ސީއެންއެމް: 86،603.77
  • 3. އައްޑޫލައިވް: 35،000
  • 4. ސަންގު ޓީވީ: 75،000
  • 5. ދައުރު ނޫސް: 50،000
  • 6. މިނޫސް: 35.000
  • 7. އެމްވީ ޕްލަސް: 35،000
  • 8، ވަގުތު: 25،000
  • 9. ރަސް އޮންލައިން: 25،000
  • 10. ވަން އޮންލައިން: 35،000
  • 11. ދަ ޕްރެސް: 35،000
  • 12. އަވަސް: 50،000
  • 13. ހީރަސް ނިއުސް: 20،000
  • 14. ހަތާވީސް އޮންލައިން: 20،000
  • 15. މޯލްޑިވްސް ބިޒްނަސް ސްޓޭންޑާޑް: 20،000
  • 16. އައުޓްރީޗް އެމްވީ: 20،000
  • 17. ސެލްމިން އެނިމޭޝަން ސްޓޫޑިއޯ (މާކަނާ ޝޯ) 16،200
  • 18. މޯލްޑިވްސް ބިޒްނަސް ޓައިމްސް: 10،000
  • 19. ޗެނަލް ނިއުސް މޯލްޑިވްސް: 15،900
  • 20. މިހާރު ނޫސް: 15،900
  • 21. ވޮއިސް: 15،000
  • 22. ސަން: 15،000
  • 23. ތިލަދުން: 5000
  • 24. އަދިވެސް: 10،000
  • 25. ހަލި ނިއުސް: 10،000
  • 26. ދެން އެމްވީ: 10،600
  • 27. އަދަދު: 50،000
  • 28. ހަފްތާ: 7000
  • 29. ޒީޓައިމްސް: 5000

ސްޓެލްކޯގެ އިސްވެރިއަކު "ދިޔަރެސް" އަށް މައުލޫމާތު ދެއްވި ގޮތުގައި މިހާގިނައިން ފައިސާ ދޭން ފަށާފައިވަނީ ކުންފުނީގެ އެމްޑީ ކަމާއި ޝަރީފް ހަވާލުވިފަހުންނެވެ. އަދި މީގެ ކުރިން އެއްވެސް ސަރުކާރަކުން ސްޓެލްކޯގެ ފައިސާ މިގޮތަށް މީޑިއާތަކަށް ބަހާފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ.

މަހެއްގެ މައްޗަށް 630،000 ރުފިޔާ މީޑިއާތަކަށް ދެމުން ގެންދާއިރު އެއީ އަހަރެއްގެ މައްޗަށް 7 މިލިއަން ރުފިޔާއެވެ. ސްޓެލްކޯއަކީ އަސާސީ ހިދުމަތެއް ދޭ ކުންފުންޏަކަށްވާއިރު އެ ކުންފުނީގެ ހިދުމަތެއް އިޝްތިހާރު ކުރަން މި އަދަދަށް ފައިސާ ހަރަދުކުރާކަށް ނުޖެހޭނެއެވެ.

ރައީސް އިބްރާހީމްގެ ސަރުކާރުން މީޑިއާ ކޮންޓްރޯލް ކުރަނީ ދައުލަތުގެ އެކި ކުންފުނިތައް މެދުވެރިކޮށް މިގޮތަށް ފައިސާ ދީގެންނެވެ. ރާއްޖޭގެ އާ ޤާނޫނު އަސާސީއަށް އަމަލުކުރަން ފެށުނުފަހުން މިހާ ބޮޑަށް ރާއްޖޭގެ ގިނަ އަދަދެއްގެ މީޑިއާތައް ސަރުކާރުގެ ކޮންޓްރޯލްގެ ދަށުގައި އޮތް ވެރިކަމެއް އަދި ނާދެއެވެ.

ދައުލަތުގެ ކުންފުނިތަކުގެ އިތުރަށް ސީދާ ރައީސް އޮފީހުންވެސް މީޑިއާތަކަށް އަހަރެއްގެ މައްޗަށް އެތައް ލައްކަ ރުފިޔާ ހަރަދުކުރެއެވެ.

މި ލިއުމާއި ގުޅޭ