އިކޮނޮމިކް މިނިސްޓްރީގެ ސިޔާސީ މުވައްޒަފުންގެ މުސާރައަށް މަހެއްގެ މައްޗަށް ހަ ލައްކައަށްވުރެ ގިނަ ރުފިޔާ ސަރުކާރުން ހަރަދުކުރާ ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.
އެއިގެން ކޮންމެ ސިޔާސީ މުވައްޒަފެއްގެ މުސާރަވެސް 25،500ރ. އަށްވުރެ މައްޗެވެ. އެއީ؛
2 ސްޓޭޓް މިނިސްޓަރުން (ކޮންމެ ބޭފުޅަކަށް 43،500ރ.)
4 ޑެޕިއުޓީ މިނިސްޓަރުން (ކޮންމެ ބޭފުޅަކަށް 31،500ރ.)އިކޮނޮމިކް މިނިސްޓްރީގެ އިތުރުން ޓްރާންސްޕޯޓު މިނިސްޓްރީއާއި އެންވަޔަރަމަންޓް މިނިސްޓްރީގެ ސިޔާސީ މުވައްޒަފުންނަށް ކުރާ ހަރަދުގެ ތަފްސީލު ވެސް މި ނޫހުން ވަނީ ހޯދާފަ އެވެ. އެގޮތުން ޓްރާންސްޕޯޓު މިނިސްޓްރީގެ ސިޔާސީ މުވައްޒަފުންނަށް އަހަރަކު 6.3 މިލިއަން އަދި އެންވަޔަރަމަންޓް މިނިސްޓްރީގެ ސިޔާސީ މުވައްޒަފުންނަށް އަހަރެއްގެ މައްޗަށް 6.3 މިލިއަން ރުފިޔާ ބަޖެޓުން ހަރަދުވެ އެވެ.