Monday 26th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިބްރާހީމް ވަހީދު (އިބުރޭ)

ޝިފާޒު ވަކިކުރައްވައި އިބުރޭއަށް ރައީސް އޮފީހުގެ މިނިސްޓަރުކަން ދެއްވައިފި

ރައީސް އޮފީހުގެ މިނިސްޓަރުކަމުގައި ހުންނެވި އެމްޑީޕީގެ ނައިބުރައީސް މުޙައްމަދު ޝިފާޒު މަޤާމުން ވަކިކުރައްވައި، އެ މަޤާމަށް އެމްޑީޕީގެ ޗެއާޕާސަންގެ ނައިބުކަމުގައި ހުންނެވި އިބްރާހީމް ވަޙީދު (އިބުރޭ) ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު އައްޔަންކުރައްވައިފިއެވެ.

މިއަދު ޝިފާޒު ވަކިކުރެއްވުމަށްފަހު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ރަސްމިއްޔާތެއްގައި ރައީސް އިބްރާހީމްވަނީ އިބުރޭއަށް މަޤާމުގެ ފަތްކޮޅު ދެއްވާފައެވެ.

އިބުރޭއަކީ ފެނަކަ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަޤާމުގައި ހުންނެވުމަށްފަހު އެ ކުންފުނީގެ އެމްޑީ އަޙްމަދު ސައީދާމެދު ހިތްޕުޅުހަމަޖެހިވަޑައިނުގެން މަޤާމުން އިސްތިއުފާދެއްވި ބޭފުޅެކެވެ. ސައީދަށް ބޮޑެތި ތުހުމަތުތަކެއް ކުރެއްވުމަށްފަހު މަޤާމުން އިސްތިއުފާދެއްވައި އެމްޑީޕީގެ ކަންކަމުގައި ވަރަށް ބޮޑަށް އިސްކޮށް އިބުރޭ އުޅުއްވިއެވެ.

އެގޮތުން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާނެ ރިޔާސީ ކެނޑިޑޭޓު ހޮވުމަށް ބޭއްވި އެ ޕާޓީގެ އެތެރޭގެ އިންތިޚާބު އިންތިޒާމުކޮށް ކުރިއަށްގެންދިޔަ ކޮމިޓީގައި އެންމެ އިސްކޮށް މަސައްކަތްކުރެއްވީވެސް އިބުރޭއެވެ.

އިބުރޭއަކީ ކުރިން ރައީސް މުޙައްމަދު ނަޝީދާ އަރިސް ބޭފުޅެއް ނަމަވެސް މިހާރު އޭނާ މަސައްކަތްކުރައްވަނީ ރައީސް އިބްރާހީމުގެ ފަޅީގައި އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލާ އެކުއެވެ.

އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބޭއްވި އެ ޕާޓީގެ އެތެރޭގެ އިންތިޚާބުގައި ފައްޔާޒުގެ ކެމްޕެއިން މެނޭޖަރެއްގެ ގޮތުން މުޅި ކެމްޕެއިން ހިންގެވީވެސް އިބުރޭއެވެ.

މި ލިއުމާއި ގުޅޭ