Monday 11th Dec 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފުޓުބޯޅަ

މެސީ ގައުމީ ޓީމަށް 100 ލަނޑު ހަމަކޮށްފި

ބައިނަލްއަގްވާމީ އެކުވެރިކަމުގެ މެޗެއްގައި ލިއޮނެލް މެސީގެ ހެޓްރިކާ އެކު ރޭ އާޖެންޓީނާ އިން ކުރަސާއޯ 0-7 އިން ބަލިކޮށްފި އެވެ.

މެޗުގައި މެސީ ގޯލުތައް ޖެހީ 20، 33 އަދި 37 ވަނަ މިނެޓުގަ އެވެ. މެސީގެ އިތުރުން އާޖެންޓީނާގެ ގޯލުތައް ކާމިޔާބުކޮށްދިނީ އެންޒޯ ފެނާންޑޭޒް އާއި އެންހެލް ޑި މާރިއާގެ އިތުރުން ނިކޮލަސް ގޮންޒާލޭސް އަދި ގޮންޒާލޯ މޮންޓިއެލް އެވެ.

ރޭގެ މެޗާ އެކު މެސީ ގައުމީ ޓީމަށް ޖަހައިދިން ގޯލުގެ އަދަދު 102 އަށް ވަނީ އަރައިފަ އެވެ. ބައިނަލްއަގްވާމީ ފުޓްބޯޅައިގެ ލަނޑު ލިސްޓުގެ އެއްވަނައިގައި އުޅެނީ 122 ގޯލު ޖަހާފައިވާ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. ލަނޑު ލިސްޓުގެ ތިންވަނައިގައި އުޅެނީ އީރާންގެ ކުރީގެ ފޯވާޑް އަލީ ދާއީ އެވެ. އޭނާ ވަނީ 109 ގޯލު ޖަހާފަ އެވެ.

ހަތް ފަހަރު ބެލޮންޑިއޯ އެވޯޑް ހޯދާފައިވާ މެސީ ގައުމީ ޓީމަށް ފުރަތަމަ ގޯލު ކާމިޔާބުކޮށްދިނީ 2006 ވަނަ އަހަރު އެވެ. ރޭގެ ގޯލުތަކާ މެސީ ގައުމީ ޓީމަށް ހެދި ހެޓްރިކްގެ އަދަދު ހަތަކަށް ވަނީ އަރާފަ އެވެ.

ފީފާ ވޯލްޑް ކަޕަށް ފަހު އާޖެންޓީނާ އިން ކުޅުނު ފުރަތަމަ މެޗުގައި ޕެނަމާ ވަނީ ބަލިކޮށްފަ އެވެ. އެ މެޗުގެ ކުރިން އާޖެންޓީނާ އިން ވަނީ ވޯލްޑް ކަޕްގެ އުފާފާޅުކުރުން އަމިއްލަ ސަޕޯޓަރުން ކުރިމަތީ ކުރިއަށް ގެންގޮސްފަ އެވެ. ޕެނަމާ އަތުން 0-2 އިން މޮޅުވި މެޗުގައި މެސީ ޖެހި ގޯލަކީ ފުޓްބޯޅަ ކެރިއަރުގައި އޭނާގެ 800 ވަނަ ގޯލެވެ.

މިފަހަރުގެ ބައިނަލްއަގްވާމީ ބްރޭކުގެ ދެ މެޗު ވެސް އާޖެންޓީނާ އިން ކުޅުނީ އަމިއްލަ ދަނޑުގަ އެވެ.

މި ލިއުމާއި ގުޅޭ