Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ގެއްލިގެން ހޯދާ މީހެއް

ޓީވީއެމްގެ ކުރީގެ ޕްރެޒެންޓަރު އާޒިމް ގެއްލިގެން ހޯދަން ފަށައިފި

ޓީވީއެމްގެ ކުރީގެ ޕްރެޒެންޓަރު އިސްމާއިލް އާޒިމް ގެއްލިގެން ހޯދަން ފަށައިފައިވާ ކަމުގެ މައުލޫމާތު ލިބިއްޖެއެވެ.

އެގޮތުން އާޒިމްގެ ޚަބަރެއް ނުވެގެން އޭނާގެ އާއިލާއިން ފުލުހަށް އެކަން ވަނީ ހުށަހަޅައިފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އާޒިމްގެ ޚަބަރެއް އޭނާގެ އާއިލާ އަށް އެންމެ ފަހުން ވެފައިވަނީ މިމަހުގެ ނުވަ ވަނަ ދުވަހުއެވެ.

ނަމަވެސް މީގެ ދެދުވަސް ކުރިން އާޒިމްގެ ފޭސްބުކް އެކައުންޓުގައި ވީޑިއޯ ޕޯސްޓެއް ކޮށްފައިވާކަން ފާހަގަ ކޮށްލެވެއެވެ.

މިކަމާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.

ކޮވިޑްގެ ދުވަސްވަރު ޓީވީއެމް އިން ވިދާލި އާޒިމް ރާއްޖެ ޓީވީއަށް ބަދަލުވުމަށްފަހު، މި ފަހުން މަސައްކަތް ކޮށްފައިވަނީ ދިވެހި ޗެނަލްގައެވެ.

އާޒިމް އަކީ ނޫސްވެރިކަމުގެ ދާއިރާގައި އަރަމުން އައި ޒުވާން ހުނަރުވެރި ނޫސްވެރި އެކެވެ. އެގޮތުން އާޒިމް ވަނީ ޓީވީއެމްގައި ދިވެހި ބަހާއި އިގިނރޭސި ބަހުން ޚަބަރު ގެނެސްދީފައެވެ.

މި ލިއުމާއި ގުޅޭ