އުމްރާއަށް ގޮސްހުރި ދިވެއްސަކު މައްކާގައި މިރޭ ނިޔާވެއްޖެއެވެ.
މައްކާގައި ނިޔާވީ އައްޑޫ ސިޓީ ހިތަދޫ، ހިޖުރަ، މުޙައްމަދު ރަފީޢުއެވެ. އޭނާ އުމްރާއަށް ދިޔައީ އަލްއައިން ޓްރެވަލް އެންޑް ޓުއާސްގެ ހަވާލުގައެވެ.
"ދިޔަރެސް"އަށް އެނގިފައިވާ ގޮތުގައި ރަފީޢު ނިޔާވީ ތަބީއީ މަރަކުންނެވެ. އޭނާ ނިޔާވީ މައްކާ ގަޑިން ރޭގަނޑު 7:53 ގައެވެ.
މިއަހރުގެ ޖަނަވަރީ މަހުގައިވެސް އުމްރާއަށް ގޮސްއުޅުނު އުމުރުން 84 އަހަރުގެ ދިވެހި އަންހެނަކުވަނީ ނިޔާވެފައެވެ.
ނޯޓު: ރަފީއުގެ މައްޗަށް ކަށުނަމާދުކުރުން އޮންނާނީ 29 މާޗު (މާދަމާ) ފަތިސްނަމާދަށްފަހު މަސްޖިދުލް ޙަރާމުގައެވެ.