Monday 11th Dec 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ސޯލިހް

އިންޑިއާ ސަފީރު ރައީސްގެ ދެކަނބަލުންނަށް ރޯދަ ވީއްލުމެއް ދެއްވައިފި

އިންޑިއާ އިން ރާއްޖެ ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދަށް ރޯދަ ވީއްލުމެއް ދެއްވައިފިއެވެ.

މިކަން ހާމަކޮށް ރައީސް އޮފީހުން ކުރެއްވި ޓްވީޓެއްގައި ވަނީ ރައީސްގެ ދެކަނބަލުންނަށް އިންޑިއާ ހައިކޮމިޝަނުން ދެއްވި ރޯދަ ވީއްލުމުގެ ފޮޓޯތައް ހިއްސާކޮށްފައެވެ.

މި ސަރުކާރު އައިފަހުން އިންޑިއާއިން ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަދެ ސަރުކާރަށް އެކި ކަންކަމުގައި ނުފޫޒު ފޯރުވަމުންދާ ކަމަށް ގިނަ ބަޔަކު ސިފަކުރެއެވެ.

މީގެ އިތުރުން އިދިކޮޅު ލީޑަރު ރައީސް ޔާމީން އަބްދުލް ގައްޔޫމަށް ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަ ވިޔަނުދިނުމަށް އިންޑިއާ އަޑީގައި އޮވެ ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް އިދިކޮޅު ފަރާތްތަކުން އަންނަނީ ތުހުމަތު ކުރަމުންނެވެ.

މި ލިއުމާއި ގުޅޭ