Tuesday 14th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޕެރޫ

2 ޓަނަށްވުރެ ގިނަ ކޮކެއިން ޕެރޫއިން އަތުލައިގަނެފި

ތުރުކީއަށް ފޮނުވަން ތައްޔާތުކޮށްފައި ހުރި މުށި ޓައިލްތަކުގެ ގޮތުގައި ފޮރުވާފައި ހުރި 2.3 ޓަނުގެ ކޮކެއިން، ޕެރޫގެ އެލް ވަލާއޯ ޕޯޓްއިން އަތުލައިގަނެފިއެވެ.

ޕެރޫގެ ފުލުހުން ނެރުނު ބަޔާނެއްގައިވާ ގޮތުން، މިދިޔަ ހުކުރު ދުވަހުގައި ޕެރޫގެ އެންމެ ބޮޑު ބަނދަރުން އަތުލައިގަތް ކޮކެއިންތަކުގެ މަންޒިލަކީ ތުރުކީއެވެ. އަދި އެ ތަކެތި ދަތުރުކުރަން ހަމަޖެހިފައިއޮތް ރާސްތާއަކީ މިހާރު މަސްތުވާތަކެތީގެ ދަތުރުފަތުރަށް ހާއްސަ، ފުޅާވަމުން އަންނަ ކަނޑުމަތީ ރާސްތާއެއްކަމަށެވެ.

އެލް ކަލާއޯގެ ޕޮލިސް ޗީފް، ކޮލޮނެލް ލުއީސް އޭންޖެލް ބޮލަނޯސް ވިދާޅުވާގޮތުގައި، ޕެރޫއިން އެ ތަކެތި ފެނުމަކީ މީގެ ކުރިން ވަރަށް ދިމާ ނުވާ ހާލަތެއްކަމަށާއި، އަތުލައިގަތް ކޮކެއިންގެ އަގު 20 މިލިއަން ޑޮލަރަށް އަރާކަމަށެވެ.

އެ ތަކެތި ފޮރުވާފައިހުރި ގޮތް ފުލުހުން، އެގައުމުގެ މީޑިއާއާއި ހިއްސާކުރިއެވެ. ބޭރުގެ މީޑިއާތަކުން އެ ތަކެތި ސިފަކުރިގޮތުން، މުށި ޓައިލްސްތަކެއްކަމަށް ދައްކަން އެ ތަކެތި ހުރީ ރަބަރު ޝީޓްތަކެއްގައި އޮޅާފައި، ފިލާ ފޮށިތަކަކަށް ލާފައެވެ.

މިދިޔަ އަހަރުގައި ޕެރޫއިން ރިކޯޑް އަދަދަކަށް މަސްތުވާތަކެއްޗާއި، މަސްތުވާތަކެތި ތައްޔާރުކުރުމަށް ބޭނުންވާ ތަކެތި ހޯދިއެވެ. ޖުމްލަ 86.4 ޓަނުގެ މަސްތުވާތަކެތި ހޯދައިފާވާއިރު، އެއިގެ ތެރެއިން 28 ޓަނަކީ ކޮކެއިން ހައިޑްރޮކްލޮރައިޑްކަމަށް، އެގައުމުގެ ފުލުހުންގެ ޑޭޓާއިން ދައްކައެވެ.

މި ލިއުމާއި ގުޅޭ