އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އެޕާޓްމަންޓްތަކަށް އަރައި ކުނި ނަގައި އަގެއްގެ ގޮތުގައި ދުވާލަކަށް 4.93 ރުފިޔާ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)އިން ކަނޑައަޅައިފިއެވެ.
ވެމްކޯއިން ގެތަކުން ކުނި ނަގައިދޭ ބިލް ސްޓެލްކޯގެ ކަރަންޓު ބިލުގައި ހިމަނަން އެކުންފުނިން ނިންމާފައިވާއިރު އެ ހިދުމަތުގެ ފީ ދެން ނަގާނީ ކަރަންޓު ބިލުގައި ހިމަނައިގެންނެވެ.
ވެމްކޯއިން ބުނީ ގޭބިސީތަކުން ބޭނުންނުކުރާ ކަރަންޓު މީޓަރުތަކުގައި ކުނި އުކާލުމުގެ ހިދުމަތުގެ ފީ ނުހިމަނާނެކަމަށެވެ.
އަދި ގޭބިސީތަކުގެ މެއިންޓެނަންސް ސާވިސް ބޫސްޓަރ ޕަމްޕް އަދި ޓެލެކޮމް ފަދަ މިޓަރުތައް ބިލުން އުނިކުރުމަށް ވެބްސައިޓުގައިވާ "ޔުޓިލިޓީ މީޓަރު އެކްސްކްލޫޝަން ފޯމް" ހުށަހަޅަން ވާނެކަމަށްވެސް ވެމްކޯއިން ބުނެފައިވެއެވެ.