Wednesday 4th Oct 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޣައްސާން މައުމޫން

މި ރާއްޖެ ތަރައްގީގެ މަގަށް އަލުން ގެނެސްދެއްވާނީ ރައީސް ޔާމީން: ޣައްސާން

ދިވެހިރާއްޖެ ތަރައްގީގެ މަގަށް އަލުން ގެނެސްދެއްވާނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްކަމަށް ޕީޕީއެމްގެ ނައިބުރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މަޖިލިސް މެންބަރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ޣައްސާން މިފަދައިން ވިދާޅުވެފައިމިވަނީ ސާޖަރީތައް ކުރާއިރު ބޭނުންކުރާ ކާބަންޑައި އޮކްސައިޑް ހުސްވަމުންދާތީ އައިޖީއެމްއެޗްގެ ބައެއް ސާޖަރީތައް ހުއްޓުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

އޭނާ ވިދާޅުވީ ރައީސް ޔާމީންގެ ދައުރުގައި އެފަދަ ހާލަތްތައް ދިމާނުވާކަން ފާހަގަކުރައްވާ އެއީ އެމަނިކުފާނުގެ ދުރުވިސްވުންފުޅާއި ހިކުމަތްތެރި ރޭވެވުމާއި އިހްލާސްތރެި ޚިދުމަތްތަކުގެ ސަބަބުންކަމަށް ވިދާޅުވެފައެވެ.

އެކަން ފާހަގަކުރައްވާ ޣައްސާން ވިދާޅުވީ މި ރާއްޖެ ތަރައްގީގެ މަގަށް އަލުން ގެނެސްދެއްވާނީ ރައީސް ޔާމީންކަމަށެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި އައިޖީއެމްއެޗްގައި ކާބަންޑައި އޮކްސައިޑުގެ ސްޓޮކް މަދުވާތީ، ރޫޓިން ލެޕަރޮސްކޮޕް ސާޖަރީތައް ނުވަތަ ބަނޑުގައި ލޯވަޅު އަޅައިގެން ކެމެރާ ލައްވައިގެން ކުރާ ސާޖަރީތައް މިހާރު ވަނީ ހުއްޓާލައިފައެވެ. އަދި މިވަގުތަށް ހުރި ކާބަންޑައި އޮކްސައިޑް ބޭނުންކުރަނީ ކުއްލި ހާލަތްތަކުގައި ހަދާ ލެޕަރޮސްކޮޕިކް ސާޖަރީތަކަށްކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

މި ލިއުމާއި ގުޅޭ