Sunday 24th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ސައުދީ އަރަބިއްޔާ

ސައުދީގައި އުމްރާވެރިންތަކެއް ގޮވައިގެން ދިޔަ ބަހެއް ފުރޮޅާލައިގެން ގިނަ ބަޔަކު ނިޔާވެއްޖެ

ދެކުނުހުޅަނގު ސައުދީގައި އުމްރާވެރިންތަކެއް ގޮވައިގެން ދިޔަ ބަހެއް ބުރިޖެއްގައި ޖެހިގެން، ފުރޮޅާލައިގެން އަލިފާން ރޯވެ، މަދުވެގެން 20 މީހުން ނިޔާވެއްޖެއެވެ.

"އަޅުގަނޑުމެންނަށް ލިބުނު މައުލޫމާތަށް ބަލާއިރު، މި ހާދިސާގައި 20 ވަރަކަށް މީހުން ނިޔާވެ، 29 މީހުންނަށް ޒަހަމްލިބުން" ސައުދީގެ ސްޓޭޓް މީޑިއާއެއްކަމަށްވާ އަލް އެޙްބާރިޔާ ޗެނަލްއިން ރިޕޯޓްކުރިއެވެ. ނަމަވެސް، މަރުވި މީހުންގެ ނަސްލު ނުވަތަ ގައުމު ހާމަކޮށްފައެއްނުވެއެވެ.

ސައުދީގެ އެހެން، އަމިއްލަ ނޫސް ޗެނަލްއަކުން ބުނާގޮތުގައި، ކޮންޓްރޯލްއިން ނެއްޓިގެން ބުރިޖުގައި ޖެހި ބަސް ފުރޮޅެން ދިމާވި ސަބަބަކީ، ބަހުގެ ބުރޭކުގައި މައްސަލައެއް އުޅުމުންކަމަށެވެ. ފުރޮޅިގެން ވެއްޓުނުފަހުން ބަހުގައި އަލިފާން ރޯވިކަމަށް އެ ޗެނަލްއިން ރިޕޯޓްކުރިއެވެ.

މި ހާދިސާ ހިނގާފައި މިވަނީ މާތްވެގެންވާ ރަމަޟާން މަހުގައި މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުން މުސްލިމުން އުމްރާ ކުރުމަށް ދަތުރުކުރާ ދުވަސްކޮޅެއްގައެވެ. މި ދުވަސްކޮޅުގައި ސައުދީގެ ގިނަ މަގުތަކެއް ތޮއްޖެހިގެން، ހައްޖުވެރިންގެ ދަތުރުފަތުރު ކުރުމުގައި ގިނަ ފަހަރު ގޮންޖެހުންތަކާއި، ނުރައްކާތެރި ހާދިސާތަކާއި ކުރިމަތިލާންޖެހެއެވެ.

އެގޮތުން، މި ދުވަސްކޮޅުގައި ދުނިޔޭގެ އެހެން ހިސާބުތަކުގައިވެސް، އުމްރާވެރިން ގޮވައިގެން ދަތުރުކުރަމުން ދިޔަ އުޅަނދުތަކެއް ފުރޮޅިގެން، ގިނަ ބަޔަކު މަރުވިއެވެ.

2016 ގައި މައްކާ އަދި މަދީނާ ގުޅޭ ހައިވޭ މަތީގައި ބަހެއް ފުރޮޅިގެން އެއިގެން ދަތުރުކުރަމުން ދިޔަ 19 މީހުން މަރުވެ، އިތުރު 22 މީހުން ޒަހަމްވިއެވެ.
އޭޕްރިލް 2018 ގައި ހަމަ ސައުދީގައި ބަހަކާއި ތެޔޮ އުފުލާ އުޅަނދަކާއި ޖެހިގެން ދިމާވި ހާދިސާގައި 4 ހައްޖުވެރިން މަރުވެ، އިތުރު 22 މީހުން ޒަހަމްވިއެވެ.
މި ލިއުމާއި ގުޅޭ