Thursday 16th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ)

ރަލުގެ ވާހަކަ މަޖިލީހުގައި ދައްކަން ނުކެރެނީ ރާ ބޯމީހުން ގިނަވީމަތޯ މޮސްޓާގެ ސުވާލެއް

ރާ ބޯ މީހުންނަށް ފިޔަވަޅު އެޅުމުގެ ވާހަކަ ރައްޔިތުންގެ މަޖިލީހުގައި ނުދައްކާތީ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ފަސޭހައިން ފަރުވާ ލިބޭނެ ގޮތަށް ނިޒާމު ބަދަލުކުރުމަށް ހުށަހަޅާފައިވާ ގަރާރަށް މަޖިލީހުގައި ބަހުސްކުރައްވަމުން މޮސްޓާ ވިދާޅުވީ މަޖިލީހާއި، ސަރުކާރު އަދި އާންމުންގެ ތެރެއިންވެސް ފެންނަނީ ވަކި ވައްތަރެއްގެ މަސްތުވާތަކެތި ހަރާމްކޮށް، ވަކި ވައްތަރެއް ހަލާލުކުރަން އުޅޭތަން ކަމަށެވެ.

"މީ ނޫންތޯ ކުރަން މިއުޅޭ މަސައްކަތަކީ. ރާ ވާހަކައެއް އެއްވެސް މީހަކަށް މިތާ [މަޖިލީހުގައި] ދައްކާކަށެއް ނުކެރޭ، ރަލުގެ ވާހަކަ. އެއީ ކީއްވެގެންތޯ؟ ރާ ބޯމީހުން މިތާ ގިނަވީމަ ވާގޮތެއްތޯ؟ ރޭގަނޑު 9 ގެ ފަހުން ކޮޅަށް ނުތިބެވޭ މީހުން ގިނަވީމަ ވާގޮތެއްތޯ؟ އެވާހަކަ ދައްކަން މިތާނގައި ނުކެރެނީ،" މޮސްޓާ ސުވާލުކުރެއްވި އެވެ.
އޭނާ އެފަދައިން ވިދާޅުވީ ބާރުގަދަ މަސްތުވާތަކެތި ކެޓަގަރައިޒްކޮށް ފަރުވާދޭން ގަރާރުގައި ހިމަނާފައިވާތީ އެވެ. ބާރުގަދަ މަސްތުވާތަކެއްޗާއި ބާރު ދެރަ މަސްތުވާތަކެތި ކެޓަގަރީކޮށްގެން ކަންކަން ނުކޮށް، މަސްތުވާއެއްޗެއް ވެއްޖިއްޔާ އެ އެއްޗެއް ހުއްޓުވަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"..ރާ ފުޅިއެއް ކީއްކުރަން، ރާ ކޭހަކާ އެއްކޮށް ހައްޔަރުކުރާ މީހާވެސް 24 ގަޑިއިރޭ ވަނީ، ކުޑަ ރަބަރު ޕެކެޓަކާ އެއްކޮށް ހައްޔަރުކުރާ މީހާ ހުންނަންޖެހޭ 20، 30 ދުވަސް ވަންދެން. އެހެންވީމަ ހަމަހަމަކަމާ އެކީއޭ ފިޔަވަޅު އަޅަންޖެހޭނީ، މަސްތުވާއެއްޗެއް ވެއްޖިއްޔާ އެއީ މަސްތުވާ އެއްޗެއް،" މޮސްޓާ ވިދާޅުވި އެވެ.
"ރާއްޖޭގައި އެބަހުރި ދިހަޔަކަށްވުރެ ގިނަ ބޮންޑެޑް ވެއާހައުސް، ރާ އެތެރެކުރާ މީހުންގެ. މިމީހުންނަކީ އޮނަރަބަލުންނަށް ވެފައި ރާއްޖޭގައި މަގުމަތީގައި ކުޑަ ރަބަރު ޕެކެޓެއް ވިއްކަން އުޅޭ މީހާ ގުންޑާއަކަށް ވެފަ. ހަމަ ދެބައި މީހުންވެސް ވިއްކަނީ މަސްތުވާ އެއްޗިހި، އެއްބަޔަކު ގުންޑާއިންނަށް އަނެއް ބަޔަކު އޮނަރަބަލުންނަށް."
ހަރާން އެއްޗެއް ވާނީ ކޮންމެ ބަޔަކު ވިއްކިޔަސް ހަރާމް އެއްޗަކަށް ކަން ފާހަގަކޮށް މޮސްޓާ ވިދާޅުވީ އެންމެ ފުރަތަމަ ފިޔަވަޅު އަޅަންވީ ރާ ބޯ މީހުންނަށް ކަމަށެވެ.
"ހަމަ ރާވެސް ހަރާމޭ، ރާ ބޮއެގެންނޭ އެންމެ ގިނަ ކަންތައްތައް، ރާއްޖޭގައި އެންމެ ގިނަ ޖަރީމާތައް ހިންގާފަ ހުރީ ރާ ބޮއެގެންނޭ. އެކަމަކު އެވާހަކަ ދައްކާކަށް ނުކެރޭ، އެކަން ހުއްޓުވާކަށް އެކަމަށް ފިޔަވަޅު އަޅާނެ ވާހަކައެއް މިތާކު [މަޖިލީހަކު] ނުދައްކާ،" މޮސްޓާ ވިދާޅުވި އެވެ.
މި ލިއުމާއި ގުޅޭ