Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެމެރިކާ

އެމެރިކާގެ ސްކޫލެއްގައި ބަޑިން ހަމަލާދީ 3 ކުޑަކުދިން މަރާލައިފި

އެމެރިކާގެ ސްކޫލެއްގައި ބަޑީގެ ހަމަލާތަކެއް ދީ 6 މީހަކު މަރާލައިފިއެވެ. އޭގެ ތެރޭގައި 3 ކުޑަކުދިން ހިމެނެއެވެ.

މި ހާދިސާ ހިނގާފައިވަނީ ނަޝްވިލް ސިޓީގެ ސްކޫލެއްގައެވެ. ހޯމަ ދުވަހު ހެނދުނު "ދަ ކޯވެނެންޓް" ނަމަކަށް ކިޔާ ސްކޫލުގައި މި ހަމަލާ ދީފައިވަނީ 28 އަހަރުގެ އަންހެނެކެވެ. އެ ސްކޫލަކީ ޕްރީ ސްކޫލުން ފެށިގެން ގޮސް ގްރޭޑު 6 އާއި ހަމައަށް ކިޔަވާދޭ ސްކޫލެކެވެ.

ބަޑީގެ ހަމަލާދިން 28 އަހަރުގެ އަންހެންމީހާ ވަނީ ފުލުހުންނާއި ހިނގި ކުރިމަތިލުމެއްގައި މަރުވެފައެވެ. އޭނާ އެ ސްކޫލަށްވަނީ ދެ އެސަލްޓް ރައިފަލާއި ހޭންޑްގަން އެއް ހިފައިގެންނެވެ. އެ އަންހެން މީހާ އަކީ ކުރިން އެ ސްކޫލުން ކިޔެވި މީހެއް ކަމަށްވެއެވެ. މި އަނިޔާވެރި ހަމަލާ ދިނީ ކީއްވެކަމެއް އަދި ހޯދިފައިނުވެއެވެ.

އެމެރިކާގެ ސްކޫލުތަކުގައި މިފަދަ ބަޑީގެ ހަމަލާތައް ދިނުމަކީ ވަރަށް އާންމުކަމެކެވެ. މިދިޔަ އަހަރު ޓެކްސަސްގެ ސްކޫލެއްގައި ހިނގި މިފަދަ ހާދިސާއެއްގައި 19 ދަރިވަރުންނާއި 2 ޓީޗަރުން މަރުވިއެވެ. އަދި މިއަހަރު ފެބްރުއަރީ މަސް ތެރޭ ސްކޫލެއްގައި 3 ދަރިވަރުން މަރާލާ އިތުރު ބަޔަކަށް ހަމަލާދީފައިވެއެވެ.

އެމެރިކާއަކީ ސްކޫލްތަކުގައި މިފަދަ ހަމަލާތައް އެންމެ ގިނައިންދޭ ޤައުމެވެ. އަދި އާންމު ރައްޔިތުންގެ އަތުގައި ހަނގުރާމަވެރި ހަތިޔާރު އެންމެ ގިނަ ޤައުމެވެ.

މި ލިއުމާއި ގުޅޭ