Saturday 15th Feb 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޑޮނަލްޑް ޓްރަމްޕް

2024 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމެޕެއިން ޓްރަމްޕް ފަށައިފި

ރިޝްވަތުގެ މައްސަލައެއްގެ ޝަރީއަތް ކުރިއަށް ދަނިކޮށް، 2024 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފަށައިފިއެވެ.

ޓެކްސަސްގެ ވާކޯގައި ބޭއްވި، ޓްރަމްޕްގެ ކެމްޕެއިންގެ ފުރަތަމަ ހަރަކާތް ފަށާފައިވަނީ، ޖަނަވަރީ 6 ގައި އެމެރިކާގެ ކެޕިޓޮލް ހިސާރުކުރުމަށް ގަދަކަމުން ވަދެގަތް މީހުންގެ ތެރެއިން ހައްޔަރުކޮށް ގައިދީންގެ ގޮތުގައި ތިބި މީހުން ހިމެނޭހެން ކިޔާފައިވާ "ޖަސްޓިސް ފޮ އޯލް" ލަވަ ދައްކާލުމަކުންނެވެ. އެއަށްފަހުގައި، ޓްރަމްޕް ޕްލެޖް އޮފް އެލީޖިއަންސް ކިޔާފައިވާ ރިކޯޑިންގް އެއްވެސް އަޑު އިއްވިއެވެ.

އޭނާގެ ވާހަކައިގެ ތެރެއިން ޖަނަވަރީ 6 ގައި ހައްޔަރު ކުރި މީހުންގެ ދިފާއުގައި ވާހަކަދައްކާ، އެމީހުންނަށް އިންސާފު ހޯދައިދޭނެކަމަށް ބުންޏެވެ. އަދި ހަމައެއާއިއެކު، މި ފަހުން ޓްރަމްޕްއާއި ދެކޮޅަށް ހިންގަމުން އަންނަ، 2016 ވަނަ ރިޔާސީ އިންތިހާބުގެ ކުރިން ބަރަހަނާ ފިލްމް ކުޅޭ އަންހެން އެކްޓަރަކަށް ރިޝްވަތުދިން ކަމުގެ މައްސަލައާއި، އަދި ޑިޕާޓްމެންޓް އޮފް ޖަސްޓިސްއިން (ޑީއޯޖޭ) ކަނޑައަޅާފައިވާ ހާއްސަ ކައުންސިލަކުން ހިންގަމުން އަންނަ ދެ މައްސަލައަކީވެސް އޭނާ ބަންދުނުކުރެވިގެން ހިންގަމުން އަންނަ "ވިޗް ހަންޓް" އެއް ކަމަށް ސިފަކުރިއެވެ. ޑީއޯޖޭއިން ކަނޑައަޅާފައިވާ ކައުންސިލުން، 2020 ގެ އިންތިހާބު ހުއްޓުމަށް ޓްރަމްޕް އިސްކޮށް ހުރެ ރޭވިކަމަށް ކުރާ ތުހުމަތުގެ ތަހުގީގުވެސް ހިންގައެވެ.

2024 ވަނަ ރިޔާސީ އިންތިހާބުގެ ކުރިން ޓްރަމްޕް ކުރިމަތިލާނެ، ގާނޫނީ މައްސަލަތަކުގެ އިތުރުން، ދެން އެންމެ ބޮޑު ގޮންޖެހުމަކަށް ވާނީ އޭނާއާއި ދެކޮޅަށް ކުރިމަތިލާ ފްލޮރިޑާގެ ގަވަނާ ރިން ޑި ސާންޓިސްއެވެ. ޑިސާންޓިސް އާއި ބެހޭގޮތުން ޓަރަމްޕް ބުނަނީ "އަހަރެންނަށް އެއްވެސް ގޮތަކަށް ކަމުދާ މީހެއް ނޫން އެއަކީއެއް. އޭނަ ގަވަނާއަށް އައުމުގެ ކުރިން ފްލޮރިޑާއަކީ ވަރަށް ތަރައްގީވެ ކާމިޔާބުތަނެއް" ކަމަށް ބުނުމުގެ އިތުރުން، މުޖުތަމައުގެ ސެކިއުރިޓީ ނަގާލަން އުޅޭ ކަމުގެ ތުހުމަތު އޭނާގެ މައްޗަށް ކުރިއެވެ.

ޓްރަމްޕްއާއި ދެކޮޅަށް ހިންގަމުން އަންނަ ތަހުގީގުގެ ބޭނުން ހިފާ، އެ މައްސަލައިގެ ތެރެއިން ފައިސާ ހޯދައި ސަޕޯޓަރުން ގިނަ ކުރުމުގެ މަސައްކަތް އޭނަ އަންނަނީ ކުރަމުންނެވެ. މީގެ އިތުރުން، އޭނާއަށް ތައީދު ކުރާ މީހުންގެ ހިތުގައި ނަފުރަތު އުފެދޭ ބީދައިން ވާހަކަދައްކާ، ޓްރަމްޕްގެ މައްޗަށް ކުށެއް ސާބިތު ވިއްޔާ އެމެރިކާ ކުރިމަތިލާނީ "މަރާއި ހަލާކުވުން" ކަމަށް ގޮވާލިއެވެ. މިހެން ބުނުމަށް ފަހުގައި ހޮނިހިރު ދުވަހު، ޖެހިގެން އަންނަ އަންގާރަ ދުވަހުގައި އޭނާ ހައްޔަރުކުރާނެކަމަށް ބުންޏެވެ. ކަންއެހެން ދިމާ ނުވިނަމަވެސް، އަދިވެސް އޭނާ އަންނަނީ ހަމަނުޖެހުމަށް އެއްބާރުލުންދީ، މުޒާހަރާތަށް ކުރުމަށް އޭނާގެ ސަޕޯޓަރުންނަށް ގޮވާލާފައެވެ. އަދި، މެންހެޓަން ޑިސްޓްރިކް އެޓާނީއަށް އަމާޒުކޮށް ޒާތީގޮތުން އަބުރަށް އަރައިގަތެވެ.

އޭނާގެ ސަޕޯޓަރުންނަށް ހަމަނުޖެހުމަށް އެއްބާރުލުން ދުނުމުގެ ސަބަބުން ވަރަށް ގިނަ ގެއްލުން ތަކެއް ކުރިމަތިލާން ޖެހޭނެކަމަށް، ޑިމޮކްރެޓިކް ޕާޓީގެ ބޭފުޅުން ވިދާޅުވިއެވެ.
މި ލިއުމާއި ގުޅޭ