ހޭޅިފަށަށް އޮއެވާލި އަރާއިރު ރޮނޑު ނޫން ހުރިހައި މަހެއް ފިލާނެކަމަށް ވިދާޅުވެ ރައްޔިތުން މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ރައީސުލްހުމުހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް ފާޑުވިދާޅުވެއްޖެއެވެ.
އަލީ ހުސައިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވެރިކަމާއި ބާރު ތިމާގެ އަތުގައި އޮންނައިރު އޮއެވާއްޔެއްގެ ދޮށުގައި މަސްއަޅާފަ އޮންނަހެން ތިމާގެ ވަށައިގެން މީހުން އެނބުރުމަކީ ތިމާގެ އިސްނެގުމާއި ލީޑަރޝިޕް ރަމްޒުކޮށްދޭ ކަމެއްނޫން ކަމަށެވެ.
އެކަން ފާހަގަކުރައްވާ އަލީ ހުސައިން ވިދާޅުވީ ހޭފަށަށް އޮއެވާލި އަރާއިރު ރޮނޑު ނޫން ހުރިހައި މަހެއް ފިލާނެކަމަށެވެ.
އޭނާ މިފަދަ ޓްވީޓެއް ކުރައްވާފައި މިވަނީ ރައީސް އިބްރާހިމް މިހާރު ވެރިކަމުގައި ހުންނެވިއިރު އެމަނިކުފާނަށް ތާއީދުކުރާކަމަށް ބުނެ އެމަނިކުފާނު ފަހަތްޕުޅުން ބަޔަކު އުޅެނީ އެމަނިކުފާނު ވަރުގަދަ ލީޑަރަކަށް ވެގެން ނޫންކަމަށް ވިދާޅުވުމަށެވެ.