Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ބީއެމްއެލް

ބީއެމްއެލްގެ އެމެކްސް ކާޑުން ކުރާ ވިޔަފާރީގެ ފައިސާ އަނބުރާ ލިބޭ ޕްރޮމޯޝަނެއް ފަށައިފި

ދިވެހިންގެ ބޭންކް, ބޭންކް އޮފް މޯލްޑިވްސް އިން ދޫކޮށްފައިވާ އެމެރިކަން އެކްސްޕްރެސް (އެމެކްސް) ކާޑު ބޭނުންކުރާ ކަސްޓަމަރުންނަށް ހާއްސަކޮށްގެން ޕްރޮމޯޝަނެއް ފަށައިފި އެވެ.

ބީއެމްއެލްއިން ބުނީ މި ޕްރޮމޯޝަންގެ ދަށުން އެބޭންކުގެ އެމެކްސް ޑެބިޓް އަދި ކްރެޑިޓް ކާޑުން، ކަސްޓަމަރުން ކުރާ މުއާމަލާތްތަކަށް އަނބުރާ ފައިސާ ލިބުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

އެގޮތުން ބީއެމްއެލް އިން ފެށި މި ޕްރޮމޯޝަންގެ ދަށުން އެމެރިކަން އެކްސްޕްރެސް ކާޑުތަކުން ރާއްޖޭގައި ކުރާ ހުރިހާ މުއާމަލާތެއް މި ޕްރޮމޯޝަނުގެ ގުރުއަތުގައި ބައިވެރިކުރެވޭނެ ކަމަށް އެ ބޭންކުން މައުލޫމާތު ދެއެވެ.

އަންނަ މަހުގެ ނިޔަލަށް ކުރިޔަށްދާ މި ޕްރޮމޯޝަންގެ ދަށުން ކޮންމެ ހަފްތާ އަކު ގުރުއަތުން ހޮވޭ 10 ކަސްޓަމަރުންނަށް، އެ ކަސްޓަމަރުން ކުރި މުއާމަލާތުގެ އަދަދު އަނބުރާ ލިބޭނެ ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ.

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ކާޑު ދޫކުރުމާއި ކާޑުގެ ހިދުމަތް ބަލައިގަންނަ, ބީއެމްއެލްގައި 325،000 އަށް ވުރެ ގިނަ ކަސްޓަމަރުންނާއި 7،900 އަށް ވުރެ ގިނަ މާޗެންޓުން ހިމެނެ އެވެ.

ބީއެމްއެލް އަކީ ރާއްޖޭގައި އެމެރިކަން އެކްސްޕްރެސް ކާޑު ދޫކޮށް، އެމެކްސް ކާޑުތަކުން ޕޭމަންޓް ބަލައިގަންނަ ހަމައެކަނި ބޭންކުކަން ފާހަގަ ކޮށްލެވެއެވެ.

މި ލިއުމާއި ގުޅޭ